Ad

އ.އ.ބޮޑުފޮޅުދޫ ކައުންސިލްގެ ފުރުތަމަ ރަސްމީ 100 ދުވަހުގެ ޕްލޭން އިފްތިތާހްކޮށްފި

އ.އ ބޮޑުފޮޅުދޫ 4 ވަނަ ކައުންސިލް "އާ އަޒުމެއްގައި – ބޮޑުފޮޅުދޫ" މި ޝިއާރާއިއެކު ކައުންސިލް ގެ ފުރުތަމަ، ރަސްމީ 100 ދުވަހުގެ ޕްލޭން އިފްތިތާހުކޮށްފިއެވެ.

ބޮޑުފުޅަދޫ ކައުންސިގެ ރައީސް ޝުޖާޢު އާދަމް ވިދާޅުވީ ކައުންސިލްގެ ސިޔާސަތުތައް ބަހާލެވިފައިވާ މައިގަނޑު 7 ބަޔަކަށެވެ. އަދި މި ބައިތައް މިހާރު ވާނީ ރައްޔޮތުންނާ ޚިއްޞާ ކުރައްވާފައި ކަމަށެވެ. ކައުންސިލްގެ ސިޔާސަތުތައް ބަހާލާފައިވާ މައިގަނޑު 7 ބަޔަކީ އަހްވަންތަ ވެރިން، ރަށްވެހި މުވައްޒަފުން، ތަރުބަވީ މުޖުތަމަޢުއެއް، ހުޅުދާން ޖީލެއް، ހަށިހެޔޮ ރައްޔޮތެއް، ހިތްގައިމު ވެއްޓެއް އަދި ފުދުންތެރި ޖަމާއަތެއް، މި 7 ބައެވެ.

މިއިން ކޮންމެ ބައެއްގެ ދަށުން ފުރުތަމަ ރަސްމީ 100 ދުވަހުގެ ތެރޭގައި ކުރަން ކަނޑައަޅާފައިވާ ކަންތައްތައް ރައްޔިތުންނާއި ހިއްސާ ކޮށްފައިވާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. މިރަސްމިއްޔާތުގައި، ބޮޑުފުޅަދޫ ކައުންސިލްގެ 5 އަހަރުގެ ޓާރމް ތެރޭގައި ތީމް ލަވައެއްގައި ގޮތުގައި ބޭނުން ކުރާނެ ލަވަ ވަނީ އިފުތިތާހު ކޮށްފައެވެ. މިރަސްމިއްޔާތުގައި އެންމެ ހާއްސަ އެއްކަމަކަށް ފާހަގަކުރެވިގެންދިޔައީ ކައުންސިލްގެ ފުރުތަމަ 100 ދުވަހުގައި ކުރަން ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރެއިން އެންމެ މުހިންމު އެންމެ ތަފާތު އެއްކަމެއް ކަމުގައިވާ އަވަށުވެރިން ކަނޑައެޅުމާއި އަވަށުވެރިންނާއި ޒިންމާތައް ހަވާލުކުރުމެވެ.

އަވަށްތަކާއި އަވަށުވެރިން ކަނޑައެޅިފައިވާގޮތުް

  1. ހުޅަނގު ދެކުނުވިލި -– އަބްދުﷲ ރިފާޒް / ކައުންސިލްގެ މެމްބަރު
  2. އިރުދެކުނުވިލި -– މުޙައްމަދު ނާޝިދު / ކައުންސިލްގެ މެމްބަރު
  3. އިރުއުތުރުވިލި -– ފާތިމަތު ޒީލިޔާ / ކައުންސިލްގެ މެމްބަރު
  4. ހުޅަނގު އުތުރުވިލި –- ޢާއިޝަތު އަލީ / ކައުންސިލްގެ މެމްބަރު

ތިން ދައުރު އ.އ.ބޮޑުފޮޅުދޫގެ ކައުންސިލްގެ ރައީސްކަން ކުރަށްވާފައިވާ، އަދި މިހާރުގެވެސް ކައުންސިލްގެ ރައީސް ޝުޖާއު އާދަމް ވިދާޅުވިގޮތުގައި ، އަވަށްތަކަށް ހާއްސަ ނަންތަކެއް ދެވި، ކައުންސިލް މެމްބަރުން އަވަށުވެރިންގެ ގޮތުގައި ކަނޑައެޅުމަކީ އަލަށް ތަޢާރަފު ކުރެވިގެންދިޔަ، ރައްޔިތުންނަށް ފައިދާކުރުވަނިވި ކަމެއްކަމަށް ވެގެންދާނެއެވެ. އެގޮތުން އަވަށުވެރިން ކަނޑައެޅުމުގެ އެންމެ ބޮޑު އެއް މަޤްސަދަކީ ރަށުގެ ރައްޔިތުންގެ އަޑުގާތުން އަހައި، ކައުންސިލް މެމްބަރުންނަކީ ރައްޔިތުންނާއި ގާތުން ހިދުމަތްދޭ ބަޔަކަށްވުމެވެ. ކައުންސިލްގެ ރައީސް ވިދާޅުވިގޮތުގައި އ.އ.ބޮޑުފޮޅުދޫ ރައްޔިތުންނަކީ ކައުންސިލަށް ފުރިހަމަޔަށް އެއްބާރުލުންދޭ، ކައުންސިލާއެކު މަސައްކަތްކުރާ އަހްވަންތަ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއްކަމަށްވުމާއެކު ، އާ އަޒުމެއްގައި ކުރިޔަށް ގޮސް، ކައުންސިލްގެ އަމާޒަށް ވާސިލްވެވޭނެކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. އަދި ކައުންސިލްގެ މުއައްޒަފުންނަކީ ހީވާގި، ކެރޭ މުއައްޒަފުންތަކެއްކަންވެސް ވަނީ ފާހަގަކުރައްވާފައެވެ. މީގެއިތުރުން، ކައުންސިލްގެ އަމާޒަށް ވާސިލުވުމުގައި، އަދުގެ ސަރުކާރުން ރަށުގައި ހިންގުމަށް ނިންމާފައިވާ މަޝްރޫއުތަކަކީ ޔަޤީންކަމާއެކު ސަރުކާރުން ހިންގައިދޭނެ މަޝްރޫތަކެއްކަމަށާއި، އިބްރަހީމް މުހައްމަދު ސާލިހްގެ މިސަރުކާރަކީ ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށްދޭނޭ ސަރުކާރެއް ކަމަށާއި ރައްޔިތުން ސަރުކާރާއިމެދު ކުރައްވާ އުއްމީދު ފަނޑުނުކުރެއްވުމަށް ކައުންސިލްގެ ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.

ބޮޑުފުޅަދޫ ކައުންސިލްގެ ރައީސް ޝުޖާޢު އާދަމްއަކީ ރައްޔިތުންގެ މަޝްވަރާއާއެކު، ރައްޔިތުންނާ ގުޅިގެން މަސައްކަތްކުރާ ލީޑަރެއްގެ ގޮތުގައި އެރަށު ރައްޔިތުން ސިފަކުރެއެވެ. ކައުންސިލްގެ ކޮންމެ ގޮވާލުމަކަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭކަން ފާހަގަކުރެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *