Ad

ރެއާލް މެޑްރިޑްގެ ކޯޗުކަމުން އިސްތިއުފާ ދިނުމާއެކު، ދުނިޔޭގެ ތަޢުރީފު ޒިދާނަށް!

ރެއާލް މެޑްރިޑްގެ ކޯޗުކަމުން ފްރާންސްގެ ޒައިނުއްދީން ޒިދާން އިސްތިއުފާ ދިނުމާއެކު ފުޓުބޯޅައަށް ލޯބިކުރާ އެކި ފަރާތްތަކާއި، ކުޅުންތެރިންނާއި، އެކުލަބުގެ ސަޕޯޓަރުންގެ މިންނެތް ތަޢުރީފު ޒިދާނަށް ކުރަމުން އެބަދެއެވެ. ރެއާލް މެޑްރިޑްގެ ކޯޗުކަމާއި ޒިދާނު ޙަވާލުވީ 2016 ވަނަ އަހަރު އޭރުގެ ކޯޗު ރަފައެލް ބެނިޓޭޒް މަޤާމުން ވަކިކުރުމާއެކު، ވަކިކުރި ދުވަހުއެވެ.

ރެއާލް މެޑްރިޑާއެކު ޒިދާނުވަނީ ކުޅުންތެރިއެއްގެ ގޮތުގައިވެސް އަދި ކޯޗެއްގެ ގޮތުގައިވެސް ގިނަގުނަ ކާމިޔާބުތަކެއް ހޯދާފައެވެ. ކުޅުންތެރިއެއްގެ ގޮތުގައި 2002 ވަނަ އަހަރުގެ ޗެމްޕިއަންސްލީގު ހޯދުމަށްފަހު، ކޯޗެއްގެ ގޮތުގައި ރެއާލް މެޑްރިޑާއެކު ޖެހިޖެހިގެން 3 އަހަރު ޗެމްޕިއަންސް ލީގު ހޯދުމަކީ، މުޅި ރެއާލް މެޑްރިޑްގެ ދިގު ތާރީޚުގައި އަދި ޗެމްޕިއަންސް ލީގު މުބާރާތުގައިވެސް ދުނިޔޭގެ އެހެން އެއްވެސް ކޯޗަކަށް ހޯދުނުކާމިޔާބެއް ނޫނެވެ.

ޒިދާނަކީ އަމިއްލަ ސްޓައިލެއް ގެންގުޅޭ އަމިއްލަ ނިންމުންތަކެއްގެ މަތީގައި ދެމިހުންނަ ކޯޗެކެވެ. ރޮނާލްޑޯ ދޫކޮށްލަން ކުލަބްގެ ބޯޑުން 2018 ވަނަ އަހަރު ނިންމުމާއެކު، އެކަމާ ހިތްހަމަނުޖެހިގެން ޒިދާނުވަނީ ކުލަބުގެ ކޯޗުކަމުން އިސްތިއުފާދީފައެވެ. އެއަށްފަހު، ރެއާލް މެޑްރިޑަށް ލިބުނު ބޮޑެތި ނާކާމިޔާބުތަކާހުރެ، އަލުން އަނބުރާ ކޯޗުކަމާއި ޒިދާނު ޙަވާލުވީ، އެނޫން ކޯޗެއް ހޯދުމަށް ރެއާލް މެޑްރިޑްގެ ރައީސް ބޭނުމެއް ނުވީމައެވެ.

ރެއާލް މެޑްރިޑްގެ ކުރީގެ ކެޕްޓަން އިކާ ކަސިއަސް ބުނެފައިވަނީ، ހުސްއަތާ ރެއަލް މެޑްރިޑުން ސީޒަން ނިންމާލިޔަސް، ތަޢުރީފު ޙައްޤީ ޒިދާނަށެވެ. ބޮޑު އިންޖަރީތަކާއި، ކޮވިޑް ބަލިމަޑުކަމާއެކު، އެއްވެސް ޓްރާންސްފަރ މާކެޓްގައި ކުޅުންތެރިއަކު ނުލައި، ރެއަލް މެޑްރިޑްގެ ކޯޗު ޒިދާނުވަނީ އޭނާއަކީ ކުޅަދާނަ މީހެއްކަމުގައި ދައްކުވައިފައެވެ.

ޒިދާން 1998 ވަނަ އަހަރުގެ ވޯލްޑުކަޕްގެ ތައްޓާއެކު. މި ތަށި ފްރާންސްއަށް ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ ޒިދާން

ރިޕޯޓުތަށް ބުނާ ގޮތުގައި، ޒިދާނުގެ ވިސްނުންހުރީ ޕީ.އެސް.ޖީ އާއި ޙަވާލުވުމެވެ. ނުވަތަ 1 އަހަރު ރެސްޓުކުރުމަށެވެ. ފްރާންސްގެ ޓެލެފޫޓު ނޫހާއި ޙަވާލާދީ ބައެއް ފަރާތްތަކުން ބުނާގޮތުން، ޒިދާނުގެ ވިސްނުން ދެންހުރީ ފްރާންސްގެ ޤައުމީ ޓީމުގެ ކޯޗުކަމާއި ޙަވާލުވުމަށެވެ. މީގެ ކުރީގައިވެސް އެތަށް ފަހަރަކު ޒިދާނުވަނީ ފްރާންސަށް ކޯޗެއްގެ ގޮތުގައި ބޮޑެތި ކާމިޔާބުތަށް ޙާޞިލުކޮށްދިނުމަށް ބޭނުންވާކަމުގައި ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *