Ad

ނެދަލޭންޑްސްގެ އެސިސްޓެންޓް ކޯޗަށް އޮޅިގެން މިރޭ މެޗުގެ ފުރަތަމަ 11 ލިސްޓު ޢާންމުކުރެވިއްޖެ

މިހާރު ކުރިޔަށްދޫ ޔޫރަޕިއަން ޗެމްޕިއަންޝިޕް ޔޫރޯ ފުޓުބޯޅަ މުބާރާތުގައި މިރޭ ނޯތު މެސެޑޯނިއާ އާ ދެކޮޅަށް ކުޅޭ މެޗުގެ ފުރަތަމަ 11 އޮޅުމެއްގެ ތެރޭން ނެދަލޭންޑްސްގެ އެސިސްޓެންޓް ކޯޗު ޑްވައިޓް ލޮވެޖެސްއަށް ޢާންމުކުރެވިއްޖެއެވެ. އިއްޔެ ބޭއްވި ފަރިތަކުރުންތަކުގައި އެސިސްޓެންޓް ކޯޗު އަތުގައިވާ ކުޅުންތެރިންގެ ފުރަތަމަ 11 ގެ ލިސްޓްގެ ފޮޓޯއެއް މިހާރު މީޑިއާގައި ދަނީ ދައުރުވަމުންނެވެ.


ނެދަލޭންޑްސްވަނީ މުބާރާތުގެ ނޮކައުޓް ބުރަށް ކޮލިފައިވެފައެވެ. އެޓީމުވަނީ ކުޅުނު 2 މެޗު ކާމިޔާބުކޮށް 6 ޕޮއިންޓް ހޯދައި ގްރޫޕްގެ އެއްވަނަ ހޯދާފައެވެ. ނޯތު މެސެޑޯނިއާ މެޗުގައި ކޯޗު ފްރޭންކް ޑި ބޮއާ ޒުވާން ކުޅުންތެރިންނަށް ފުރުޞަތު ދޭނެކަމުގައި ބެލެވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *