Ad

ޕެނަލްޓީ ޖަހާނެ ކުޅުންތެރިން ނިންމީ އަހަރެން، އިންގްލޭންޑް ބަލިވުމުގެ ޒިންމާ ނަގަން: ކޯޗު ސައުތްގޭޓް

ޕެނަލްޓީ ޖަހާނެ ކުޅުންތެރިން ނިންމީ އޭނާކަމަށާއި ޓީމު ބަލިވުމުގެ ޒިންމާ ނަގާކަމަށް އިންގްލެންޑްގެ ކޯޗު ސައުތްގޭޓް ބުނެފިއެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އިޓަލީން ހޯދީ ފައިނަލްމެޗްގެ ފުރިހަމަ ވަގުތު ހަމަވި އިރު 1-1 ދެޓީމު އެއްވަރުވުމުން ޕެނަލްޖީ ޖަހައިގެންނެވެ. މިމެޗްގައި އިންގްލޭންޑުގެ 3 ޕެނަލްޓީއެއް ވަނީ ބޭކާރުވެފައެވެ. އެއީ ރަޝްފޯޑާއި ސަންޗޯ އަދި ސަކާ ޖެހި ޕެނަލްޓީތަކެވެ. މީގެތެރެއިން ރަޝްފޯޑް އާއި ސަންޗޯ އަކީ މެޗުގެ އެންމެފަހު ސިކުންތުކޮޅުގައި ސީދާ ޕެނަލްޓީއަށް އެރުވި ދެ ކުޅުންތެރިންނެވެ. މެޗްގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވުމާއެކު އިންގްލެންޑްގެ ކޯޗް ސައުތުގޭޓްވަނީ ޕަނަލްޓީ ޖަހާނެ ކުޅުންތެރިންގެ ލިސްޓެއް ހަދާ ޕެނަލްޓީ ޖަހާނެ ތަރުތީބުވެސް ނިންމާފައެވެ.

މެޗަށްފަހު ސައުތުގޭޓްބުނީ ޕެނަލްޓީ ޖެހުމަކީ އެއްވެސް ކުޅުންތެރިއަކު އަމިއްލަ އަށް ނިންމި ނިންމުންތަކެއް ނޫން ކަމަށާއި އެއީ އޭނާ ނިންމި ނިންމި ނިންމުމެއް ކަމަށެވެ. ޓީމު މޮޅުވިޔަސް އަދި ބަލިވިޔަސް އެކަން ވާނީ ޓީމެއްގެ ގޮތުގައި ކަމަށްވެސް ސައުތްގޭޓް ބުންޏެވެ.

މިފަހަރު ޔޫރޯގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އިޓަލީގެ ގޯލްކީޕަރު ޑޮންނަރޫމާއެވެ. މުބާރާތުގެ ރަންބޫޓް ހޯދީ ރޮނާލްޑޯއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *