Ad

ފޭސް މަސްވެރިންގެ ވިލާ ފުޓްބޯޅަ މުބާރާތުގެ ގުރު ނަގައިފި.

ފޭސް ޖަމްއިއްޔާއިން ކޮންމެ އަހަރަކު ތ. ވިލުފުށީ ވިލާތަކުގެ މެދުގައި ކުރިއަށް ގެންދާ ފޭސް މަސްވެރިންގެ ވިލާ ފުޓްބޯޅަ މުބާރާތުގެ ގުރުއަތު ނެގުން ކުރިއަށް ގެންގޮސްފި އެވެ.

ވިލުފުށީގައި ކޮންމެ އަހަރަކު ބާއްވާ ފުޓްބޯޅަ މި މުބާރާތުގެ ގުރުއަތު ނެގުން ކުރިއަށް ގެންގޮސްފައި ވަނީ މުބާރާތް އިންތިޒާމް ކުރާ ފޭސް ޖަމްއިއްޔާގެ އޮފީހުގަ އެވެ.

އެރަށުގެ ހަތަރު ވިލާ ކަމުގައިވާ ނޫ ވިލާ، އަޅިވިލާ އަދި ފެހި ވިލާގެ އިތުރުން ރަތް ވިލާއިން ބައިވެރިވާ މި މުބާރާތަކީ ޕޮއިންޓް ސިސްޓަމަށް ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތް ކުރިއަށްދާނީ މާދަމާއިން ފެށިގެން މިމަހުގެ 29 ވަނަ ދުވަހާއި ހަމަ އަށެވެ.

މިއަހަރުގެ މުބާރާތުގެ މެއިން ސޮޕޮންސަރ އަކަށް ފަންބޮނޑި މޯލްޑިވްސް ހަމަޖެހިފައިވާ އިރު ޓައިޓްލް ސްޕޮންސަރ އަކީ އެސްޓީއޯ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *