Ad

ފޭސް މަސްވެރިންގެ ވިލާ ފުޓްބޯޅަ މުބާރާތް: އެންމެ ފަހުގެ ޗެންޕިއަން ނޫވިލާ ދަތި ގޮތަކަށް ފައިނަލަށް.

 

ފޭސް ޖަމްއިއްޔާއިން ކޮންމެ އަހަރަކު ތ. ވިލުފުށީ ވިލާތަކުގެ މެދުގައި ކުރިއަށް ގެންދާ ފޭސް މަސްވެރިންގެ ވިލާ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގެ ފަހު ޖާގަ އެންމެ ފަހުގެ ޗެންޕިއަން ނޫވިލާ ކަށަވަރުކޮށްފި އެވެ.

ވިލުފުށީ ޓާފް ދަނޑުގައި ކުރިއަށްދާ މުބާރާތުގެ ފައިނަލްގެ ފަހު ޖާގަ ނޫވިލާ އިން ކަށަވަރުކޮށްފައިވަނީ ފެހި ވިލާ އާއި ބަދަލުކޮށް ޕެނަރަލްޓީ ޖަހައިގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މެޗްގައި ނޫވިލާގެ ކޯޗަށާއި ބެންޗްގެ އިތުރު ކުޅުންތެރިއަކަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ. އަދި ހިނގާދިޔަ ހަމަ ނުޖެހުމާއި ގުޅިގެން މި ކޯޗާއި ކުޅުން ތެރިޔާ 2 އަހަރަށް ފޭސް ޖަމުއިއްޔާގެ މުބާރާތްތަކުން ސަސްޕެންޑްކޮށް ނޫވިލާ ވަނީ ދެ ހާސް ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ.

އެރަށުގެ ހަތަރު ވިލާ ކަމުގައިވާ ނޫ ވިލާ، އަޅިވިލާ އަދި ފެހި ވިލާގެ އިތުރުން ރަތް ވިލާއިން ބައިވެރިވާ މި މުބާރާތަކީ ޕޮއިންޓް ސިސްޓަމަށް ކުރިއަށް ގެންދާ މުބާރާތެކެވެ. މިމުބާރާތް ކުރިއަށްދާނީ މިމަހުގެ 29 ވަނަ ދުވަހާއި ހަމަ އަށެވެ.

މިއަހަރުގެ މުބާރާތުގެ މެއިން ސޮޕޮންސަރ އަކަށް ފަންބޮނޑި މޯލްޑިވްސް ހަމަޖެހިފައިވާ އިރު ޓައިޓްލް ސްޕޮންސަރ އަކީ އެސްޓީއޯ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *