Ad

3 މިލިއަން ޑޮލަރުގެ ބޮމް؟

ރަމަޟާން މަހުގެ ފަހު 10 ގެ ކޮންމެ އޮނަހިރި ރެއަކުން ވެސް 1000 މައްސަރުގެ ހެޔޮކަން ހޯދައިގަނެވި ދާނެ ކަމުގެ ހެޔޮ ޚަބަރު ކޮންމެ މުސްލިމަކަށް އޮންނަނީ ލިބިފައެވެ .

ފަހު 10 އަށް ދާއިރާ ހަނިކޮއްލީ ނަބަވީ ތަޢުލީމުން ނެވެ، ދާއިރާ ފުޅާ ކޮއްލާ އިރު މަތިވެރި މާތް ވަހީ ބަސްފުޅުން އެނގެނީ އެއީ، 1000 މައްސަރަށް ވުރެ ހެޔޮކަން ބޮޑު، ޤަދަރު އުފުލިގެންވާ ހަމަ އެންމެ ރެއެއް ކަމެވެ.

މިދައްކަނީ 83 އަހަރަށް ވުރެ ގިނަ ހެޔޮކަން، އެންމެ ރެއަކުން ލިބިގަނެވޭ ވާހަކަ ކީރިތި ޤުރްއާންގައި ކަށަވަރު ކޮށްދީފައި އޮތް ވާހަކަ އެވެ .

މިކަމާ ދެން އިތުރަށް ކުރާނެ ބަހުސެއް، ޖަދަލެއް އަދި ކިޔާނެ ފާޑެއް ނެތެވެ. އިންސީންނާ ޖިންނީން އެކުވެ ކޯލިޝަނެއް ހަދައިގެން އެއްބަޔަކު އަނެއް ބަޔަކަށް ފެނިދެނި ވެގެން ވެސް މި ޤުރްއާން ފަދައެއް ނުގެނެ ވޭނެއޭ ވަހީ ކުރައްވާ، ފާޅުގައި އޮތް ބޮޑު ގޮމެއް، އެ ފޮތުގައި ޖައްސަވާފައި އެބަ އޮތެވެ.

އޭގެ ފަހުން ވާން މިދަނީ ބޮޑުކޮށް ބުނާނަމަ 2000 އަހަރެވެ.

ލައްކަ މޮޅު އީޖާދާ އުފެއްދުން ތަކާ، ޖައްވީ އުޅަނދާއި ނާސާ އާއި ކޮމްޕިއުޓަރާއި ދެންވެސް ހެއްދެވިހާ ޓެކްނޮލޮޖީ އެއްގެ މަތީގައި އިންސާނާ މިއޮއް ބަކަ ތަޅަނީ އެވެ. އެކަމުކު އެ ބޯދާ ހިރަފުހުގެ ހިލަ ޒަމާނުގައި ބާވާލެއްވި އެ ފޮތުގައި ޖެއްސެވި ގޮމަށް، މިތިބަ މޮޅު އިންސާންނަށް ދެވުނު ރައްދެއް، އުފެއްދުނު ޖަވާބެއް ނެތި މި ތިބީ، ހަމަ ބޮޑުތަނުން ނާޗާރުވެ އެކަމުގައި ހިމޭން ވެފައެވެ.

ސުވަރު ގޭގެ މަތިވެރި ނިޢުމަތް ތަކާ، އެތަނގެ ދަށުން ފެން ހިނގަ ހިނގާ ހުރި ކޮރުތަކަޢީ ގަނޑުވަރު ތަކާ، ރޫފަ އާ ބުރުސޫރަ އޮމާންވެ، ވާންވެފައިވާ ގުނަވަން ތަކުގެ ވެެެރި، ހުވަފެނަކުން ވެސް ނުދެކޭ ފަދަ ހޫރަލް ޢީނުންނާ، ޅަފުރައިގެ ޒުވާން ފިރިހެން ކުދިންގެ ވާހަކަ އޮތީ އެފޮތުގައި ބަޔާން ވެގެންނެވެ.

މީގެ ހައްގުވެރިން ތިބީ މި ދުނިޔޭގަ އެވެ.

އުޅެން އުޅެ ހަރުލި ހަޔާތުގެ ބައިވެރިއެއް ނޫނީ ވަޒީފާ އެއްނެތެވެ. ފަށާނަމޭ ހިތައު ހުވަފެން ދުށް ވިޔަފާރި އާއި އެއްކުރާނަމޭ ހިތުލި މުދަލާއި، އުސްކުރާނަމޭ ގަސްތު ކުރި ޗާލު ބިނާޔާ އިންނާނަމޭ ހިތުލި ބިޓު ނުލިބުނު ވިހި ފަންސަވީހުގެ ބޮން ގޮއްވާލި އަދުހަމް ފަދަ ޒުވާނަކަށް ސުވަރުގެ އަށްވުރެ މޮޅު އުންމީދެއް އެ ނޫން ހުވަފެނެއް ނުދެއްކޭނެ އެވެ. މެއި ހައެއް އޮތީ ރަމަޟާން މަހުގެ ފަހު ދިހައިގެ އޮނަހިރި ރެއަކާ އެއްވެފައެވެ.

ހަގީގަތުގައި ވެސް ދުނިޔެ އަށް ވުރެ މޮޅީ އާޚިރަތް ކަން އެއީ މުސްލިމުންނާ މުއުމިނުންގެ އަގީދާ އެވެ.

ދެރަ ކަމަކީ އަގީދާގެ ހިލައިން ހަތިޔާރު ތޫނުކޮއް، މާޔޫސްު ޒުވާނާ އަތަށް އޭތި ހެޔޮވަރު ކޮށްދިނުމަށް ފަހު، ސުވަރުގޭގެ ތަސްވީރު ދައްކައިގެން ޖާނުން ފިދާވުމާ ބޮންގޮއްވުމާ، ޅަދަރިއެއް، މައެއް، ކުށެއްނެތް މީހެއްގެ ފުރާނަ އަށް ނުބަލާ އަމިއްލަ މަސްލަހަތު ދިފާޢު ކުރުމަށް ދެވޭ ވަސްވާހުގެ ހަމަލާތަކާ ނަގާލާ ފުރާނަ ތަކެވެ.

ދައުލަތާއި ސަރުކާރުގެ ވެރިންނާއި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ލިބޭ އާމްދަނީ އާ މުސާރަ ޙަރާމޯލަ އެވެ ، އެހެނަސް، ތިމާމެން ބޭނުން ވީމަ އާސަންދަ އާއި އެންސްޕާ އާ އިންކަމް ސަޕޯޓް އެލަވެންސާ ދެން ވެސް ދައުލަތުން ދޭހާ އިނާޔަތަކާ އެހީ އަކާ ލާރި އެއް ވިއްޔާ މަކަރާއި ހީލަތުން ނަގައިގެން ކަން ފުލުހުންގެ ތަހުގީގުން ސާފުވެއެވެ.

އެޒަމާނަށް ގޮސް ހުސްވި ވަރުން ލާހެދުމާ ފަގުޑިއާ ޖުއްބާ ނޫން ހުރިހާ އެއްޗެއް ލަނީ ނަރަކަ އަށެވެ . މިޒަމާން ވީ ވަރުން އެންމެ ފަހުގެ މޮބައިލް ފޯނާ ލެޕްޓޮޕާ އައިޕެޑާއި ގަޔަށް ބާރު ހެދުމާއި ނިވާކަން ކުޑަ އަންނައުނު ނޫން އެއްޗެއް
ކަމަކު ނުދެއެވެ.

މުރުތައްދެކޭ މުޝްރިކެކޭ ކާފަރެކޭ އޭނަގެ ލޭ ހުއްދަ އޭ ކިޔާ ރައީސް ނަޝީދު މަރަން ބޮން ގޮއްވަން ފަތުވާ ނެރުނު މީހުންނާ، އެމީހުންގެ ބައިވެރިންގެ ފޯންތަކުގެ އާކައިވް ހިސްޓްރީ އޮތީ މުސްލިމަކު ބަލަން ނުކެރޭ ވަރަށް ބަރަހަނާކޮށް ކަމަށް އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް މުހަންމަދު ރިޔާޒް  ނޫސްކޮންފަރެންސް ގައި ވިދާޅުވިއެވެ.

ރުއްސެވުމާއި ފުއްސެވުމާއި އަޒާބާއި ހިސާބާއި ސަވާބާއި ދިންނެވުމާއި ނަޖާތަކީ ވެރި އިލާހުގެ މުތުލަގު ބާރާ އިޚްތިޔާރުގައިވާ ޚާއްޞިއްޔަތު ތަކެވެ.

ވެގެން މިއުޅޭ ގޮތަކީ، ބަޔަކު އަމިއްލަ އަށް ތިމާމެންގެ އަތަށް އެ ބާރުތައް ނަގައިގެން، ޒާތަކަށް ކަލާނގެ ހެދިގެން، ފާޑަކަށް ހެދުން އަޅައިގެން ދީނުން ވިޔަފާރި ކޮށް ، މާޔޫސީ ޒުވާނުން ބޮލަށް ހިސާރުވެ، ސުވަރުގެ ދައްކައިގެން، އާނ އޭނަގެ ލޭ ހުއްދަ، އޭނަ މަރާ – މީނަ ދޫކޮއްލާ -ކަލެއަށް ސުވަރުގެ، އޭނަ އަށް ނަރަކަ – މަށަށް ހުރިހާ ފައިދާ އަދި މަގޭ ފޯންގައި ހުރިހާ ޕޯންއެއް – އެންމެނަށް ހަރާމް، މަށަށް ހަލާލް މިއެވެ.

ދެން ކިޔާ ބަޔަކު، ކާކުހޭ ފަންޑު ކުރީ 3 މިލިއަން ޑޮލަރޭ އެޔޭ މިޔޭ ކިޔަނީ ވެސް ވީގޮތާ އެ ގޮތްވީ ކިހިނެއް ވެކަން އެނގިތިބެމެ، ހަމަ އަމިއްލަ ބޮނޑި ބޮޑުކުރާން ކަމުގައި ހީވެއެވެ.

ތިޔަ ކަމެއް ރާވއި އިސްވެ ފަތުވާދީ ކުރި ބަޔަކު އޮތީ ކިރިޔާ އެމީހަކުގެ ޓާސްްކް އެމީހަކަށް ކިޔައިދީ ބާކީ ސިއްރު ކޮއްފައެވެ.

ބޮން ގޮއްވާލި އަދުހަމާ ސުވާލު ކުރީމާ ވެސް ބުނި ކަމަށް ވަނީ އިތުރު ސުވާލު ކުރުމަކީ ހަރާމް ކަމެއް ކަމުގައެވެ.

ސުވަރުގެ އާ ހޫރަލްޢީނުންގެ ގެރެންޓީ ދީފައި އޮއްވާ އަދުހަމް ކަހަލަ އަނދޮޅު ނޫކަށި މާޔޫސީ ޒުވާނަކު ކުރާކަ އޮންނާނީ ދެން އިތުރު ކޮން ސުވާލެއްހެއްޔެވެ؟ މަރެއް ފުރާނައެއް ނުބަލާ މަޖީދީ މަގުގެ މެދު ގޮއްވާލަން ރިމޯޓް އަށް ފިއްތާލުމަށް ފަހު ގުންފައި ޖަހާ، ހުސްފައިގާ މުޅިމާލެ ކުޑަކޮށް ދުވެ، ހިނގައި، ބަތްޕާރުސަލެއް ގަނެގެން ގެސްްޓް ހައުސް އަކަށް ވަދެ ނިދީ ޑޮލަރު މައްޗަކު ނޫނެވެ.

ތިޔަ ބުނާ 3 މިލިއަން ޑޮަލަރަކީ ތަހުގީގު ކަސިޔާރު ކޮއްލަން އިލްޔާސް ލަބީބަށް އަޑުއިއްވާނެ ވަރުގެ މީހަކަށް އިއްވި ފޭކު އަޑަކަށްވުން ވަރަށް ގާތެވެ.

ސުވަރުގެ އާއި ހޫރަލްޢީނުން ނަކީ ޑޮލަރުން ލިބޭ އެއްޗެއް ނޫނެވެ.

މިއީ ހައްދު ފަހަނަ އެޅި މީހުން ރައީސް ނަޝީދަށް އޮތް ހަސަދަ އާއި ނަފްރަތުން އެ މަނިކުފާނުގެ ލޭ ހުއްދަ ކުރުމުގެ ނަތީޖާ ނޫން ދެވަނަ އެހެން އެއްޗެއް ކަމަށް ގަބޫލު ކުރަން ދައްޗެވެ.

ތިން މިލިއަން ޑޮލަރޭ، ފަހަތުގައި ކޮންބަ އެއްހޭ، ފަންޑު ކުރީ ކާކު ހޭ ކިޔާނެ ޔޯލަ ވާހަކަ އެއް ބޭރުކޮއް ފައި ވަނީ ގަސްތުގައި ކަމަށް ވުން ގާތެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. 3 މިލިޔަނުގެ ބަދަލުގައި 6 މިލިޔަން ޑޮލަރު ލިބޭވަރުގެ ވާހަކަތަކެއް، ހޫރަލް އީނުންނޭ ސުވަރުގޭ ކިޔައިގެން ލިޔުނީތާ! މުޅިރާއްޖޭގައި ހުޅުޖަހައި އެތައްމުދަލެއް އަންދައި އަޅިއަށް ހަދައި، ﷲގެ ހުކުމް ފުޅުތަކަށް ތަހައްދީ ކުރިކުރުމަށް އަލިއަޅުވައި ތިޔަށްވުރެ ފުރިހަމަކޮށްވެސް ލިޔެވިދާނެ،! ނަމަވެސް ފައިސާދީގެން ކުރާކަމެއް، "ހަކުރު ދެންޏާ ބޮޑުބޭބެ" ކިޔާ ބީދައިން ކަން ކުރަންޏާ ހުންނާނީ، ދެކޮޅު ނުޖެހުނަސް ތިފެންވަރުގައެވެ. ޤައުމުގެ ބޮޑު ޢިލްމުވެރިޔަކު އަނިޔާވެރި ގޮތަކަށް މަރާލައި އެއްލައިލީ އިރު ހަމައެކަނި ކަތިވަޅި ގެންގުޅުނު މީހާ ފިޔަވައި އެމަސްއަލާގައި ހިމެނޭ އެހެން އެއްވެސް މީހަކު ނުހޯދުނުއިރު، 3 މިލިޔަން ޑޮލަރުގެ ފަޓާހުގެ މަސްއަލާގައި ހިމެނެންޏާ ހިމެނޭހައި މީހަކު އެދަނީ ހޯދަމުންނެވެ. އެހެންވީމާ ތިކުރާ ހިތްވަރަކަށް ހަސާބަހެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *