Ad

ފޭސް މަސްވެރިންގެ ވިލާ ފުޓްބޯޅަ މުބާރާތުގެ ޗެންޕިއަންކަން އަޅިވިލާއަށް.  

ފޭސް ޖަމްއިއްޔާއިން ކޮންމެ އަހަރަކު ތ. ވިލުފުށީ ވިލާތަކުގެ މެދުގައި ކުރިއަށް ގެންދާ ފޭސް މަސްވެރިންގެ ވިލާ ފުޓްބޯޅަ މުބާރާތުގެ ޗެންޕިއަންކަން އަޅިވިލާއިން ހޯދައިފި އެވެ.

ވިލުފުށީ ޓާފް ދަނޑުގައި ކުރިއަށްދާ މުބާރާތުގެ ޗެންޕިއަންކަން ނޫވިލާ އިން ކަށަވަރުކޮށްފައި ވަނީ އެންމެ ފަހުގެ ޗެންޕިއަން އެކެއް ސުމަކުން ބަލިކުރުމަށް ފަހުގަ އެވެ. ފައިނަލްމެޗްގެ ހަމަ އެކަނި ލަނޑު ޖަހާފައި ވަނީ އަޅި ވިލާގެ ޒުވާން ކުލުންތެރިޔާ ސުވައިބް އިބްރާހިމް އެވެ.

ފަންބޮނޑި މޯލްޑިވެސް އިން ސޮޕޮންސަރ ކޮށްފައިވާ މިމުބާރާތުގެ ފައިނަލްމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އަޅިވިލާގެ ޖޯޒީނަމްބަރު 20 މުހައްމަދު ހަފީޒެވެ.

އެރަށުގެ ހަތަރު ވިލާ ކަމުގައިވާ ނޫ ވިލާ، އަޅިވިލާ އަދި ފެހި ވިލާގެ އިތުރުން ރަތް ވިލާއިން ބައިވެރިވާ މި މުބާރާތަކީ ޕޮއިންޓް ސިސްޓަމަށް ކުރިއަށް ގެންދާ މުބާރާތެކެވެ. މިއަންނަ އަހަރުވެސް މި މުބާރާތް އޮންނާނެކަން ފޭސް ޖަމުއިއްޔާއިން ވަނީ އިއުލާންކޮށްފަ އެވެ.

މިއަހަރުގެ މުބާރާތުގެ މެއިން ސޮޕޮންސަރ އަކަށް ފަންބޮނޑި މޯލްޑިވްސް ހަމަޖެހިފައިވާ އިރު ޓައިޓްލް ސްޕޮންސަރ އަކީ އެސްޓީއޯ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *