އިޓަލީގެ އިންޓަމިލާނަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ ހޯދުމަށް ޗެލްސީން 3 ވަނަ ބިޑެއް ހުށައަޅަން ތައްޔާރުވަމުން އަންނަކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މިދިޔަ ސީޒަންގައި އިޓަލީގެ ޗެމްޕިއަންކަން އިންޓަރމިލާނަށް ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ލުކާކޫ ހޯދަން ޗެލްސީން އެންމެ ފުރަތަމަ ހުށައެޅީ 94 މިލިއަން ޑޮލަރުގެ ބިޑެކެވެ. ނަމަވެސް އެ ބިޑަށް އިންޓަމިލާނުން ނޫނެކޭ ބުނުމުން 100 މިލިއަން ޑޮލަރަށް އަނެއްކާވެސް ބިޑު ކުރިއެވެ. މި ބިޑަށްވެސް އިންޓަރމިލާނުން ނޫނެކޭ ބުނުމުން ޗެލްސީން މިހާރު މަސައްކަތްކުރަނީ 130 މިލިއަން ޕައުންޑް އިންޓަމިލާނަށް ހުށައަޅާށެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން ލުކާކޫ މިހާރު ބޭނުންވަނީ އެނބުރި ޗެލްސީއަށް ދިއުމަށެވެ. އިންޓަރމިލާންގެ މެނޭޖްމެންޓަށްވެސް އެކަން އަންގާފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ޗެލްސީގެ ފޯވާޑުންނަށް ގޯލް ނުޖެހޭ މައްސަލަ ހައްލުކުރުމަށް ޗެލްސީގެ ކޯޗް ތޯމަސް ޓުޗެލް އެންމެ ބޮޑަށް ގެންނަން ބޭނުންވާ ކުޅުންތެރިޔަކީ ލުކާކޫއެވެ.
2011 ވަނަ އަހަރު ޗެލްސީއަށް ސޮއިކުރި ލުކާކޫ އެންމެ ފުރަތަމަ ބޮޑު ކުލަބަކަށް ކުޅުނީވެސް ޗެލްސީއަށެވެ. ނަމަވެސް ޗެލްސީއަށް ކުޅުމުގެ މާބޮޑު ފުރުސަތެއް ނުދީ ލޯން އެއްބަސްވުމެއްގެދަށުން ވެސްޓްބްރޯމްއަށް ފޮނުވާލިއެވެ. ލޯން ހަމަވެ އަނބުރާ ޗެލްސީއަށް އައުމުން އަނެއްކާވެސް ލޯން ެއެއްބަސްވުމެއްގެ ދަށުން އެވަޓަންއަށް ފޮނުވާލިއެވެ. ލޯންގެ މުއްދަލު ހަމަވުމުން އެވަޓަންއިން ވަނީ ލުކާކޫގެ އެެއްވަސްވުން ދާއިމީކޮއްފައެވެ. 2014 ވަނަ އަހަރު ޗެލްސީ އޭނާ އެވަޓަންއަށް ވިއްކާލީ 38 މިލިއަން ޑޮލަރަށެވެ.
އެވަޓަންގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން މެންޗެސްޓަރ ޔުނައިޓެޑުން ލުކާކޫ ގެންދިޔައެވެ. އޭނާ އިންޓަމިލާނަށް ބަދަލުވީ މެންޗެސްޓަރ ޔުނައިޓެޑަށް ކުޅުމަށްފަހުގައެވެ.
ކުލަބްގެ އިތުރުން ޤައުމީ ޓީމުގައިވެސް ލުކާކޫ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.