Ad

ބާސެލޯނާއިން މެސީ ދޫކޮށްލައިފި

ލިއޮނަލް މެސީ ބާސާ ދޫކޮށްލަން ނިންމައިފިއެވެ.

ބާސާ ދޫކޮށްލަން މެސީ ނިންމީ އެއްބަސްވުން އާކުރަން ކުރެވުނު މަޝްވަރާތައް ކޮޅެއްގައި ނުޖެހި ނިމުމާއި ގުޅިގެންނެވެ. ބާސެލޯނާ އިން ނެރުނު ބަޔާނެއްގައި ބުނީ ބާސެލޯނާއާއެކު މެސީ އާ އެއްބަސްވުމެއް ގާއިމު ކުރަން ކުރިއަށް ގެންދިޔަ މަޝްވަރާތައް ކާމިޔާބުނުވެ މިއަދު ނިމުމަކަށް އައިސްފައިވާ ކަމަށެވެ. އެއްބަސްވުން އާ ނުކުރެވުނީ އިގްތިސޯދީ ގޮތުން ކުރިމަތިވެފައިވާ ހާލަތުގެ ސަބަބުންނާއި ސްޕެނިޝް ލަލީގާގެ ރެގިއުލޭޝަންތައް ހުރި ގޮތުން ކަމަށް ބަޔާނުގައިވެއެވެ. ބާސެލޯނާއިން މިކަން ހާމަކޮށް ނެރުނު ބަޔާނުގައި ބުނެފައިވަނީ މިއަދަކީ އާ އެއްބަސްވުމުގައި ސޮއިކުރުމަށް ދެ ފަރާތުންވެސް ނިންމާފައިވާ ދުވަސް ކަމަށާއި ސްޕެނިޝް ލީގުގެ މާލީ ގަވާއިދުތަކުގެ އޮނިގަނޑު ރޭވިފައިވާ ގޮތުން މެސީ ދޫކޮށްލުން ނޫން އެހެން ގޮތެއް ކުލަބަށް މި ވަގުތު ނެތް ކަމަށް އެ ބަޔާނުގައި ވެއެވެ.

ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރުމަށް ފަހު މެސީ ދިޔައީ ޗުއްޓީއަށެވެ. ކުރިން ބާސާއަށް ކުޅުނު ސުއަރޭޒް އާއެކު ޗުއްޓީ ހޭދަކުރުމަށް ފަހު މެސީ ބާސެލޯނާއަށް ދިޔައީ އިއްޔެގެ ވަގުތެއްގައެވެ.

ބާސެލޯނާގެ ތާޜީހުގައި އެންމެ ގިނަ ލަނޑު ޖަހައިދިން ކުުޅުންތެރިއަކީ މެސީ އެވެ. އަދި ބާސެލޯނާއަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިއަކީވެސް މެސީ އެވެ. އޭނާ ވަނީ ބާސެލޯނާގައި 778 މެޗު ކުޅެ 672 ލަނޑު ޖަހާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *