Ad
Brazil's players celebrate winning the Tokyo 2020 Olympic Games men's semi-final football match between Mexico and Brazil at Ibaraki Kashima Stadium in Kashima city, Ibaraki prefecture on August 3, 2021. (Photo by MARTIN BERNETTI / AFP) (Photo by MARTIN BERNETTI/AFP via Getty Images)

އޮލިމްޕިކްސް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މިފަހަރުވެސް ބްރެޒިލުން ހޯދައިފި

އެންމެ ފަހުގެ އޮލިމްޕިކްސް ފުޓުބޯޅަ ފިރިހެން ބައިގެ ޗެންޕިއަންކަން ހޯދި ބްރެޒިލް އިން މިފަހަރުގެ އޮލިމްޕިކްސް ފުޓުބޯޅައިގެ ފިރިހެން ބައިގެ ރަން މެޑެލް ދިފާއުކޮށްފިއެވެ.

ޖަޕާނުގެ ޓޯކިއޯގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސްގެ ފުޓުބޯޅައިގެ ފިރިހެނުންގެ ބައިން ރަން މެޑެލް ބްރެޒިލުން މިފަހަރު ހޯދީ ފައިނަލްގައި 2-1 ސްޕެއިން ބަލިކުރުމަށްފަހުއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެޓީމު 1-1 އިން އެއްވަރުމުން، ބްރެޒިލުން ނަތީޖާ ނެރުނީ އިތުރުވަގުތުގެ ދެވަނަ ހާފުގެ ދެވަނަ މިނެޓްގައެވެ. ބްރެޒިލްއަށް ރަން މެޑެލް ލިބުނު ގޯލް ޖަހައިދިނީ މެލްކޮމްއެވެ. މެޗުގެ ފުރަތަމަ ހާފުގައި މިމުބާރާތުގައި އެންމެ ގިނަ ގޯލް ޖެހި ބްރެޒިލްގެ ރިޗާލްސަން ވަނީ ޕެނެލްޓީއެއް ބޭކާރުކޮއްލާފައެވެ.

މިއީ އޮލިމްޕިކްސް ފުޓުބޯޅަ މުބާރާތް ބްރެޒިލް ކާމިޔާބު ކުރި 2 ވަނަ ފަހަރެވެ. މި މުބާރާތުގައި ވާދަކުރި ބްރެޒިލް ޓީމުގެ ކެޕްޓަނަކީ ތަޖުރިބާކާރު ކުޅުންތެރިޔާ އުމުރުން 38 އަހަރުގެ ޑެނީ އަލްވޭސް އެވެ. އޭނާއަށް މި ޓީމުން ފުރުޞަތު ލިބުނީ 23 އަހަރުން މަތީގެ 3 ކުޅުންތެރިންނަށް ފުރުޞަތު ލިބޭތީއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *