Ad

ރާއްޖޭގެ ލިވަޕޫލް ސަޕޯޓަރުން ވަރަށް ތަފާތު! ފެންޓަސީ ޕްރިމިއާލީގަށް 1 ލައްކަ ރުފިޔާ!

ރާއްޖޭގެ ލިވަޕޫލް ސަޕޯޓަރުންގެ ޖަމުއިއްޔާ "އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކްލަބު" އިން އިންތިޒާމްކޮށްގެން އެއްލައްކަ ރުފިޔާގެ ފެންޓަސީ ޕްރިމިއާ ލީގެއް ތަޢާރަފްކޮއްފިއެވެ.

މިއީ އަމިއްލަ ޖަމްއިއްޔާއަކުން އިންތިޒާމްކޮއްގެން މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފެންޓަސީ ލީގެވެ. އަގުބޮޑު މި ލީގުގައި ބައިވެރިވާން އެއްވެސް ފީއެއް ދަންކަން ނުޖެހޭނެއެވެ. ލީގުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި ލީގާބެހޭ އިތުރު މަޢުލޫމާތު އޯއެލްއެސްސީގެ ފޭސްބުކް ޕޭޖުން ލިބެން ހުންނާނެއެވެ.

ރާއްޖޭގެ ލިވަޕޫލް ސަޕޯޓަރުންގެ ފެންޓަސީ ލީގުގެ އިނާމުތަކަށް ބަލާއިރު މުޅި މުބާރާތުން އެއްވަނައަށްދާ ފަރާތަކަށް 50،000 ރުފިޔާ ވަނީ ހުށަހަޅާފައެވެ. އަދި ދެވަނައަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ތިންވަނައަށް ވަނީ 12،500 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައެވެ. މީގެ އިތުރުން ކޮންމެ މަހަކު އެއްވަނައަށް ދާ ފަރާތަކަށް 1،250 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ.

މި މުބާރާތަކީ އޯއެލްއެސްސީ އާއި ކޭބަލް ޝޮޕް ގުޅިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުރިހާ ޓީމެއްގެ ސަޕޯޓަނުންނަށްވެސް އޮންނާނެއެވެ.

މީގެ އިތުރުން މިދިޔަ ސީޒަނެކޭ އެއްގޮތަށް މި ފަހަރުވެސް އޯއެލްއެސްސީ މެންބަރުންނަށް ހާއްސަކޮށްގެން ނަތީޖާ ދިމާކުރުމުގެ މުބާރަތެއްވެސް ކުރިއަށްގެންދާނެ ކަމަށާއި، އަދި މުބާރާތް ކުރިއަށްގެންދާނީ ރާއްޖޭގެ ޑިވެލޮޕަރުންތަކެއް އުފައްދާފައިވާ "ގޯލްއާ އެޕް" އާ ގުޅިގެން ކަމަށްވެސް އޯއެލްއެސްސީ މޯލްޑިވްސްއިން މައުލޫމާތުދެއެވެ. އެގޮތުން ކޮންމެ މެޗެއްގެވެސް ރަނގަޅު ނަތީޖާ ދިމާކޮށްގެން ހޮވޭ ނަސީބުވެރިއަކަށް ޕިއްޒާ ބޯނާއިން ޕިއްޒާއެއް ލިބޭނެ ކަމަށްވެސް އޯއެލްއެސްސީ މޯލްޑިވްސްއިން މައުލޫމާތުދެއެވެ. އަދި މުޅި ސީޒަނުގައި އެންމެ ގިނަ ޕޮއިންޓް ހޯދާ މީހަކަށްވެސް އިނާމެއް ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތުދެއެވެ.

ރާއްޖޭގައި ތިބި ލިވަޕޫލް ސަޕޯޓަރުން އިސްވެ ޖަމްއިއްޔާއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރީ 2018 ވަނަ އަހަރުއެވެ. މި މި ޖަމްއިއްޔާ ލިވަޕޫލުން ވަނީ ރަސްމީކޮށް ބަލައިގެންފައެވެ. އޯއެލްއެސްސީން އަންނަނީ ކުޅިވަރާއި އެހެނިހެން ގޮތްގޮތުންވެސް ރާއްޖޭގައި ވަރަށް ފުޅާކޮށް ހަރަކާތްތައް ހިންގަމުންނެވެ. ޚާއްޞަކޮށް މުޖުތަމައުއަށް ފާއިދާހުރި އެކިކަންކަމުގައި މި ޖަމްއިއްޔާއިން އަންނަނީ ބައިވެރިވެ އެހީތެރިވަމުންނެވެ. މީގެއިތުރުން އޯއެލްއެސްސީގެ ދައުވަތަކަށް ލިވަޕޫލުގެ ކުރީގެ ވައިސް ކެޕްޓަން އަދި ޑެންމާކުގެ ކުރީގެ ކެޕްޓަން ޑެނިއަލް އެގާ ވަނީ ރާއްޖެ އައިސް ލިވަޕޫލުގެ ސަޕޯޓަރުންނާ ބައްދަލުކޮށްފައެވެ. މިއީ ރާއްޖޭގެ ސަޕޯޓަރުންގެ ކުލަބަކުން ބޭރުގެ ކުޅުންތެރިޔަކު ގެނެސްގެން ބޭއްވި ފުރަތަމަ އިވެންޓެވެ.

މީގެއިތުރުން ލިވަޕޫލް ކުޅޭ ބޮޑެތި މެޗްތައް ބެލުމަށް ސަޕޯޓަރުން އެއްތަނަކަށް އެއްވެ ވަރަށް ފޯރީގައި މެޗް ބަލާކަން ފާހަގަކޮއްލެވެއެވެ. މިފަދަ އެއްވުންތަކުގައި ރާއްޖޭގައި ތިބި ދުވަސްވީ ލިވަޕޫލްގެ ސަޕޯޓަރުންނާ ފަހުގެ ސަޕޯޓަރުން އެއްތަނަކަށް އެއްވެ ޚިޔާލު ބަދަލުކުރެއެވެ. ދާދިފަހުން ފަހުން ލިވަޕޫލްގެ އެންމެ ދުވަސްވީ އެއް ސަޕޯޓަރުކަމަށްވާ ކުރީގެ ރައީސް މަޢުމޫން އަބްދުލްޤައްޔޫމުގެ ދައުވަތަކަށް ރާއްޖޭގައި ދިރިއުޅޭ ލިވަޕޫލް ސަޕޯޓަރުން ވަނީ ސޯލްޓް ކެފޭއަށްގޮސް އެމަނިކުފާނާއެކު ލިވަޕޫލާއި އެންމެ ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑް ކުޅުމު މެޗެއް ބަލާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *