Ad

ރޮނާލްޑޯ މެންޗެސްޓަރ ޔުނައިޓެޑަށް

ކްރިސްޓިއާނޯ ރޮނާލްޑޯ މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކުރަން އެއްބަސްވެއްޖެއެވެ.

ޔުނައިޓެޑަށް ރޮނާލްޑޯ އެނބުރި ދިއުމަށް އެއްބަސްވެފައިމިވަނީ 12 އަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ. 2009 ވަނަ އަހަރު މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށް ރެއާލް މެޑްރިޑަށް ރޮނާ؛ލްޑޯ ސޮއިކުރީ އޭރުގެ ޓްރާންސްފާ ރެކޯޑް ފީއެއް ކަމަށްވާ 90 މިލިއަން ޑޮލަރަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ރޮނާލްޑޯ ޔުނައިޓެޑަށް ދާނީ ކުރިއަށްއޮތް އިންޓަރނޭޝަނަލް ބްރޭކަށް ފަހުގައެވެ. ޔުވެންޓަސްގެ ކުޅުންތެރިންނަށް އަލްވަދާއު ކިއުމަށްފަހު ރޮނާލްޑޯ މިވަގުތު ހުރީ ޕޯޗްގަލްގެ ލިޒްބަންގައެވެ. އުމުރުން 36 އަހަރުގެ ފޯވާޑް ހޯދުމަށް މެންޗެސްޓާ ސިޓީންވެސް ވަނީ މަސައްކަތް ކޮށްފައެވެ. އަދި ރޮނާލްޑޯ ބަދަލުވާނެ ކަމަށް އެންމެ ބޮޑަށް ބެލެވުނީވެސް ސިޓީއާއެވެ. ނަމަވެސް ފަހުވަގުތު ޔުނައިޓެޑުން ވަނީ މި ޑީލްގެ ތެރެއަށް ވަދެ ރޮނާލްޑޯއާއެކު އެއްބަސްވުމަކަށް އައިސްފައެވެ.

ރޮނާލްޑޯގެ ސޮއި ހޯދީ ޔުނައިޓެޑުން އެންމެ ފުރަތަމަ ހޯދީ 2003 ވަނަ އަހަރުއެވެ. ޔުނައިޓެޑަށް ރޮނާލްޑޯ ކުޅެދިން ހަ އަހަރުގެ ތެރޭ ރޮނާލްޑޯ ވަނީ އެ ޓީމާއެކު ހަ ތަށި ކާމިޔާބުކޮށްފައެވެ. އަދި އެޓީމަށް ކުޅެދިން 292 މެޗުގައި 118 ލަނޑު ވަނީ ޖަހައިފައެވެ، އަދި އެ ޓީމުގައި ހުރެ ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ އެވޯޑް ވެސް އޭނާ ވަނީ ހޯދާފައެވެ. ކްރިސްޓިއާނޯ ރޮނާލްޑޯއަކީ ތާރީހުގައިވެސް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއާއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *