Ad

ރޮނާލްޑޯއަށް އިހުތިރާމްކޮށް 7 ނަމްބަރު ދޫކޮށް ކަވާނީގެެ ރަސްމީ 21 ނަމްބަރަށް!

މެންޗެސްޓަރ ޔުނައިޓެޑާއި ގުޅުނު ކްރިސްޓިއާނޯ ރޮނާލްޑޯ ބޭނުންކުރާނީ އޭނާ ކުރިންވެސް ބޭނުންކުރި 7 ނަންބަރު ޖާރޒީކަން އެ ކުލަބުން އިއުލާންކޮއްފިއެވެ.

މި ދިޔަ ސީޒަނުން ފެށިގެން ޖާރޒީގައި ކުޅުނީ އުރުގުއޭގެ ފޯވާޑު އެޑިސަން ކަވާނީ އެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކަވާނީ 7 ނަމްބަރު ދޫކޮއްލީ ރޮނާލްޑޯ އެނބުރި އައުމުން އޭނާއަށް އިހުތިރާމް ކުރުމުގެ ގޮތުންނެވެ. 

ކްރިސްޓިއާނޯ ރޮނާލްޑޯ 2003 ވަނަ އަހަރު ޔުނައިޓެޑާއި ގުޅުމަށްފަހު އޭނާ 2008 ގައި ކުލަބު ދޫކޮށްލިއިރު ވެސް ބޭނުންކުރީ 7 ނަންބަރު ޖާރޒީ އެވެ. އޭގެފަހުން ރެއާލް މެޑްރިޑާއި، ޔުވެންޓަސް އަދި ޤައުމީ ޓީމުގައިވެސް އޭނާގެ ނަމްބަރަކީ 7 ނަމްބަރެވެ. ސީއާރު 7 އަކީ މިހާރު ދުނިޔޭގެ މަޝްހޫރު ބްރޭންޑެކެވެ. މިއީ ރޮނާލްޑޯއަށް ކުރުކޮށް ކިޔާ ނަމެކެވެ.

މެންޗެސްޓަރ ޔުނައިޓެޑްގައި ކަވާނީ ދެން ބޭނުންކުރާނީ އޭނާގެ ރަސްމީ ނަންބަރު ކަމަށްވާ 21 އެވެ. މިއީ އޭނާ އުރުގުއޭގެ ޤައުމީ ޓީމުގައި ބޭނުންކުރާ ނަމްބަރެވެ.

ރޮނާލްޑޯ ޔުނައިޓެޑަށް ސޮއިކޮށްފައިވަނީ ދެ އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *