Ad

ކައުންސިލް މުވައްޒަފެއްގެ ހިތުގެ ޝުއޫރު: ކައުންސިލްތަކުގެ މުވައްޒަފުންނަކީ "ވެލިއުލެސް" ބައެއްގެ ގޮތުގައި ސިފަނުވޭތޯއެވެ؟

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ މެމްބަރުންގެ އެލަވަންސް ބޮޑުވި ވާހަކަ އިވުމާއެކު ބުނަންނޭންގޭ އެތަކެއް ޝުއޫރުތަކެއް އެއްފަހަރާ ހިތަށްވެރިވިއެވެ. އުފާވީ، ސަރުކާރުން އެކަނބަލުންގެ މިންނެތް މަސައްކަތް ބަލައިގަތީތީއެވެ. އެހެނަސް މާޔޫސްވީ، އެކަނބަލުންގެ ކޮންމެ ނިންމެވުމެއް ތަންފީޒު ކުރަން ތިބި ، ގުނާ އަދަދު ނުކުރޭވޭހާ އެތައް މަސްއޫލިއްޔަތުތަކާކާއި ޒިންމާތަކެއް ބޮލުގައި އަޅައިގެން ތިބެ،  ކައުންސިލްތަކުގައި މަސައްކަތް ކުރަންޖެހިފައިވާ މުއައްޒަފުންނާމެދު ހަމަކުޑަކޮށްވެސް ވިސްނާނުލެއްވީތީއެވެ.

ހިތަށްއެރިއެވެ. ލާމަރުކަޒީ ކުރި ކުރިހެން ހަޤީގަތުގައި ޒިންމާތަށް ބޮޑުވަމުން ބުރަވަމުން އައީ ކޮންބަޔަކަށްކަމާމެދު ސަރުކާރުން އެންމެފަހަރަކުވެސް ވިސްނާލިބާވައެވެ؟ ލާމަރުކަޒީ ކޮށްފައި ސަރުކާރުން، ކައުުންސިލްތަކަށް ދެއްވާފައިވާ ކޮންމެ ލުޔަކީ ކައުންސިލްތަކުގެ މުއައްޒަފުންގެ ޒިންމާތަކަށް އިތުރުވި ބޮޅެކެވެ. މިބޮޅުތަށް އެކިދިމަދިމާލުން އިތުރުވަމުން އައިސް، ޒިންމާތަކުގެ ޗޭނަކުން ކައުންސިލްތަކުގެ މުއައްޒަފުން ބަނދެވި ހަފުސްވެއްޖެއެވެ. މިތަން ފެންނަ ހަމައެކަކުވެސް ނެތީބާއޭ ހިތާހިތުން ބުނެވެއެވެ. ލާމަރުކަޒީ އުސޫލަށް އައި ބޮޑު ބަދަލާއެކު ފުރުތަމަ ބޮޑުވެގެންދިޔަައީ ކައުންސިލް މެމްބަރުންގެ މުސާރައެވެ. ދެން އިތުރުކުރެވުނީ އެސް.ޖީއެކެވެ. އަޅުގަނޑުމެން، މުއަށްޒަފުންނަށް އިތުރުވީ ހަމައެކައްޗެއްވެސް ނެތެވެ. ޒިންމާއާއި ފުިޖެހިފައިވާ މަސައްކަތްތައް ފިޔަވައެވެ.

ލާމަރުކަޒުކުރެވި ދިން ލުއިތަކާއެކު ކައުންސިލުން ބަލަހައްޓަން ޖެހިފައިވާ ޕޯޓަލްތައް ގުނާއަދަދު ނުކުރެވޭހާ ގިނަވެ، އެޕޯޓަލްއެއް މިޕޯޓަލްއެއް ނޭންގި އޮޅުން އަރާހިސާބަށް ކަންތައް ގޮސްފައިވާއިރު، މިނިސްޓްރީތަކާއި މުއައްސަސާތަކުންް، ވަގުތު ކަނޑައަޅައި ޖަވާބު ފޮނުވުމަށް އެދި ފޮނުވާ ސިޓީ މެސެޖުތައް ކައުންސިލްތަކަށް އަންނަނީ ވަކި މިވެނިހެނެއް ބަލާފައެއް ނޫނެވެ. މިހުރިހާކަމަކާއެކު އަލަށް އިންތިހާބުވި ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ބޭނުންވީ ، ކޮންމެ ހާލެއްގައިވެސް ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދާށެވެ. އެބޭފުޅުންނަކީ ކަންކުރާ، ކަންތައްތައް ވާނެ ބަޔަކަށް ދައްކާށެވެ. އެއީ އެކަންއޮންނަން ޖެހޭގޮތްވެސް މެއެވެ. އެހެނަސް، އެހުރިހާ ކަމެއްގެ ތެރޭގައި ފިތިބާރުވެ، ހަފުސްވެފައި މިވަނީ ނިކަމެތި އަޅުގަނޑުމެންނެވެ. ކައުންސިލްތަކުގެ މުއައްޒަފުނެންވެ.

އަޅުގަނޑުމެންގެ ހައްޤުގައި އެއްޗެއް ބުނާނެ ހަމައެކަކުވެސް ނެތުމުން އަޅުގަނޑު ހައިރާންެވެ އަންތަރީސްވީމުއެވެ. އެހެނަސް އެކަމާމެދު ފުންކޮށް ވިސްނާލުުމުން ކަމުގެ ހަޤީގަތް ވަރަށްވެސް ސާފުވެއްޖެއެވެ. ޚުދު އަޅުގަނޑުމެން، އަޅުގަނޑުމެންގެ ހައްޤުތަކާއި މެދު ވަކާލާތު ނުކުރާއިރު ދެން އެކަމުގައި އެއްޗެއް ބުނާނީ ކާކުތޯއެވެ؟ މައްސަލައަކީ އަޅުގަނޑުމެންގެ މައްސަލައެވެ. އާދެ! ކައުންސިލްތަކުގެ މުއައްޒަފުންގެ މައްސަލައެވެ. އަޅުގަނޑުމެންގެ މަސައްކަތް ސިވިލްސަރވިސްއާއި ސަރުކާރުން ބަލައިގަންނާނެކަމަށް އަޅުގަނޑުމެންނަށް ކުރެވުނު ކުށްހީއެވެ.  ސިވިލް ސަރވެންޓުންގެ ތެރެއިން އެންމެ ބުރަ މަސައްކަތް ކުރަމުންދާ އެެއްބަޔަކީ އަޅުގަނޑުމެންނަށްވެހުރެ، އެވާހަކަ ނުދައްކައި، ހަމހިމޭންކަން އިހްތިޔާރުކޮށް މަސައްކަތާއިގެން އަވަދިނެތި އުޅެވުނީއެވެ. ހީކުރިގޮތާއި ހިލާފަށް ކަންތައް ނުވުމުން މާޔޫސްވީއެވެ. އަޅުގަނޑުމެްނަކީ "ވެލިއުލެސް" ބައެއް ކަމަށް ޙުދު އަޅުގަނޑުމެނަށް ޤަބޫލުކުރެވުނީއެވެ.

އެހެނަސް މިއީ މިކަންވާންޖެހޭ ގޮތެއް ނޫނެވެ. ރަށުގެ ތަރައްޤީއާއި ކުރިއެރުމަށް އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހިފައިވަނީ އެންމެ ރޮނގަކުން ނޫނެވެ. ރަސްމީ ތައުލީމާއި ނުރަސްމީ ތައުލީމުކުރިއެރުވުމަށް މަސައްކަތް ކުރަމުއެވެ. ކުޅިަރުތައް ރޭވުމާއި މުނިފޫހި ފިލުވުމުގެ ދާއިރާގައި މަސައްކަތް ކުރަމުއެވެ. ކުށްމަދުކުރުމަށާއި ދީނީ ހޭލުންތެރިކަމަށް ހިންގޭ ޕްރޮގްރާމްތައް އިންތިޒާމު ކުރުމުގައި އަވަދިނެތި އެޅެމުއެވެ.  ސިއްހަތާއި ގުޅުންހުރި އެންމެހާކަންތައްތަކުން ފެށިގެން ރަށުތެރެ ސާފުކޮށް ބެލެހެއްޓުމުގައިވެސް ހަރަކާތްތެރިވަމުއެވެ. މިއެންމެހާ ކަންކަން ކުރަމުންދަނީ ، ސަރުކާރުން ރަށުގެ ތަރައްޤީއަށް ހިންގާ ކޮންމެ ޕްރޮޖެކްޓެއްގެ އިދާރީ މަސައްކަތާއި އިދާރީ އެހެނިހެން މަސައްކަތްތަކައްވެސް މަޑުޖެހުމެއް ނާންނާނެ ގޮތުގެ މަތިންނެވެ. ލިބޭ ކުޑަ މުސާރައަށް ބެލުމެއްނެތި، އިތުރުގަޑީ ލާރިއަކަށް ބެލުމެއްނެތި ، މަސައްކަތް ކުރުމުގައި ހުކުރެއް ހޮނިހިރެއް ބެލުމެއްނެތި، ރެއާއި ދުވާލު ކައުންސިލްގެ މަސައްކަތުގައި ހޭދަކުރަނީ އުފަން ރަށުގެ ކައުންސިލަށް ވީތީއެވެ. ރަށްދެކެ ލޯބިވާތީއެވެ. ރައްޔިތުންނަށް ޚިދުމަތް ކޮއްދެވުމީ ހިތްހަމަޖެހުން ލިއްބައިދޭ ކަމަކަށްވީތީއެވެ. ފަހަރެއްގައިވެސް ލިބޭ މަދު ފައިސާކޮޅާ ކުރާ މަސައްކަތާ އެކަށީގެން ވާތީއެއް ނޫނެވެ.

އެހެނަސް އަޅުގަނޑުމެން މިގޮތަށް ހަމަހިމޭނުން ތިބެއްޖެނަމަ، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާ އެއްހަމައަކަށް އަޅުގަނޑުމެން ވެއްޓިދާނެއެވެާާާ. ކުރާ މަސައްކަތާއި ނުބައްދަލު، މަދުފައިސާކޮޅަކަށް ތަރައްޤީގެ ހުރިހާ ދާއިރާއެއްގައި، މަސައްކަތްކުރަމުން ގޮސް މުޅި ހަޔާތް ނިންމާލުމަކީ އަޅުގަނޑުމެންގެ ޒަމީރު ޤަބޫލުުރާނޭ ކަމެއް ނޫނެވެ. ސަރުކާރުގެ ބޮޑެތި އެތައް މިނިސްޓްރީއެއްގައި، މީގެ ކުރިން މަސައްކަތް ކޮށްފައިވާ މީހެއްގެ ހައިސިއްޔަތުން ބުނަމެވެ. ކައުންސިލްގެ ހަމަކޮންމެ މުއައްޒަފަކުވެސް، ސަރުކާރުގެ ގިނަ މިނިސްޓްރީތަކުގައި މަސައްކަތްކުރާ މުއައްޒަފެއްގެ ތިންގުނަ މަސައްކަތް ކުރެއެވެ. ވީއިރު އަޅުގަނޑުމެންގެ މަސައްކަތައް ހައްޤު އުޖޫރަ އަޅުގަނޑުމެންްނަށް ލިބެން ޖެހެއެވެ. އަޅުގަނޑުމެންގެ މަސައްކަތުން ރަށަށާއި އަތޮޅަށް ލިބޭ ހަމަ ކޮންމެ ކުރިއެރުމަކީ، ކޮންމެ ތަރައްޤީއަކީ އޭގެ ރީތިނަން، އެއިރެއްގައި އޮންނަ ކޮންމެ ސަރުކާރަކަށްވެސް ލިބޭނޭ ކަމެއްކަން ޔަޤީނެވެ.  ވީހިނދު، ސަރުކާރުން އަޅުގަނޑުމެންނާމެދު ސީރިއަސް ނަޒަރަކުން ދެކި، އަޅުގަނޑުމެންގެ އުޖޫރައަށްވެސް ހެޔޮބަދަލެއް ގެނައުމަށް ވިސްނަވާށެވެ! އަޅުގަނޑުމެންގެ ހައްޤު އަޅުގަނޑުމެންނަށް ދެއްވާށެވެ!

ސިވިލް ސަރވިސްގައި މިވާހަކަ ތަކުރާރުކޮށް ދެއްކޭތާ އެތައް ދުވަހެއް ވެއްޖެއެވެ. އެކި ފޯރަމްތަކާއި އެކިއެކި ސެޝަންތަކުގައެވެ. އެންމެ ފަހުންވެސް ސެޝަންއެއްގައި " ކައުންސިލް މުއައްޒަފުންނަށް ސެޓްފިކެޓް އެލަވަންސް ނުދެނީ ކީއްވެތޯ" އަހާލުމުން ލިބުނު ޖަވާބަކީ "އެއީ ހާއްސަ އޮނިގަނޑުގެ" މުއައްޒަފުންނަށް ލިބޭ އެއްޗެއްކަމެވެ. އަޅުގަނޑުމެންގެ މައްސަލައަކީ އަޅުގަނޑުމެން ވަކި ދާއިރާއަކަށް ހާއްސަ ނުވުމެވެ. ހުރިހާ ދާއިރާއެއްގައި ހަރަކާތްތެރިވުމެވެ. އެހެންކަމަށްވާއިރު، އަޅުގަނޑުމެންގެ ތައުލީީމުން މުޅި މުޖުތަމައަށް ފައިދާކުރާނެއިރު، މަތީ ތައުލީމު ހާސިލްކޮށްގެން އަޅުގަނޑުމެން ހޯދާ ސެޓްފިކެޓަށް އެލަވަންސް ދިނުން މާ ބޮޑަށްވެސް ރަނގަޅެއް ނޫންތޯއެވެ؟

"ސެޓްފިކެޓް" އެލަވަންސް އަޅުގަނޑުމެންނަށް ދިނުމަށް ޙުދު ސިވިލް ސަރވިސްއިން ދެކޮޅު ހަދާއިރު މުސާރަ ބޮޑުކޮށްދޭނެކަމަށް އޮތީ ކޮން އުއްމީދެއްތޯއެވެ؟" މިސުވާލު ހިތުގައި އުފައްދައިގެން ޖަވާބެއްނެތި ކިތަންމެހާ ދުވަހަކުވެސް، ޒިންމާތަކުން ކަސްތޮޅުއެޅުވިގެން އަޅުގަނޑުމެންނަށް ތިބެވިދާނެއެވެ. އެހެނަސް މިއީ ރަނގަޅު ގޮތެއް ނޫނެެވެ! އަޅުގަނޑުމެންގެ ޝުއޫރުތަށް ފާޅުކުރަން އެބަޖެހެއެވެ. އަޅުގަނޑުމެންގެ ހައްޤު ހޯދަން ޚުދު އަޅުގަނޑުމެން ތެދުވަން އެބަޖެހެއެވެ. ހިމޭނުން ނުތިބެ، އަޅުގަނޑުމެންނަށް ހައްޤު މިންވަރު ލިބެންދެން ވަކާލާތުކުރާން އެބަޖެހެއެވެ.

ސެޓްފިކެޓް އެލަވަންސަކީވެސް އަޅުގަނޑުމެންގެ ހައްޤެކެވެ. ކުރާ މަސައްކަތާ އެއްވަރުގެ އުޖޫރައެއް ލިބުމަކީވެސް އަޅުގަނޑުމެންގެ ހައްޤެކެވެ. އޮނިގަޑުގައި ހަމައަށް މުއައްޒަފުންތިބި ކައުންސިލްތައް އިނގިލިން ގުނާލެވޭހާ މަދުއިރު، އަޅުގަނޑުމެން ކޮންމެ މުއައްޒަފަކީ ކުރަން ހަވާލުކުރެވިފައިވާ މަސައްކަތުގެ އިތުރުން އެތައް އެތައް މަސައްކަތެއް ކުރުމުގައި  ހުއްޓުމެއް ނެތި، ހަރަކާތްތެރިވުމުންދާ ސަރުކާރުގެ މުއައްޒަފުންނެވެ.

އަޅުގަނޑުމެންނަކީ "ވެލިއުލެސް" ބައެއްގެ ގޮތުގައި ދެކޭ ދެކުން ބަދަލު ކުރައްވާށެވެ! އަޅުގަނޑުމެންނަށް ހައްޤު މިންވަރު އަޅުގަނޑުމެންނަށް ދެއްވާށެވެ!

ނޯޓު: މި ރިޕޯޓަކީ ކައުންސިލް އިދާރާއެއްގައި މަސައްކަތް ކުރާ ޒުވާނެއްގެ ހިތުގެ ޝުއޫރުތަކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. Mulhi civil service vx othee council muvazzafunna idhikolhah. maadhahbaeh kamah ahdhaa magaam ge nathah ves badhalkoffa. Nasleeimthiya inthihaaa ah oiy thaneh csc akee. Ethanuvaalan femnanee

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *