Ad

އިނގިރޭސި ޕްރިމިއާ ލީގު: މާނޭގެ 100 ވަނަ ގޯލުން ލިވަޕޫލް 1 ވަނަ އަށް!

އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަސް ޕެލަސް ބަލިކޮށް ތާވަލްގެ 1 ވަނައަށް ލިވަޕޫލް ޖެހިލައިފިއެވެ.

ލިވަޕޫލްގެ އެންފީލްޑްގައި ސްޓޭޑިއަމްގައި ކުޅުނު މިމެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބު ކުރިއިރު މި މެޗް އެންމެ ޚާއްޞަވީ ލިވަޕޫލްގެ ސެނަގޯލްގެ ފޯވާޑް ސާޑިއޯ މާނޭ އަށެވެ. މިމެޗުގައި މާނޭ ޖެހި ގޯލަކީ އޭނާ ލިވަޕޫލް ޖާޒީގައި ޖެހި 100 ވަނަ ގޯލެވެ. 

މެޗުގެ ފުރަތަމަ ގޯލް 43 ވަނަ މިނެޓްގައި ޖެހީ މާނޭ އެވެ. ލިވަޕޫލްގެ 2 ވަނަ ގޯލް މުޙައްމަދު ސަލާހު ޖެހިއިރު 3 ނަމަ ގޯލް 89 ވަނަ މިނެޓްގައި ޖެހީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުން ނަބީ ކެއިޓާއެވެ.

ޕްރިމިއާ ލީގުގައި ކުޅުނު ފަސް މެޗުންވެސް ލިވަޕޫލް ބަލިވެފައެއް ނުވެއެވެ. ތާވަލްގެ 1 ވަނައިގައި އެޓީމް އޮތީ ފަސް މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ. ލިވަޕޫލް ކޮޅަށް ލީގުގައި މިހާތަނަށް ވަދެފައި ވަނީ ޗެލްސީ މެޗުގައި ކައި ހަވާޓްސް ޖެހި ގޯލް އެކަންޏެވެ. އެޓީމުން ވަނީ މިހާތަނަށް 12 ގޯލް ޖަހައިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *