Ad

އދ ގެ ރިޔާސަތުގައި އެމްޑީޕީ މިނިސްޓަރެއް، ތަގްރީރް ކުރެއްވީ އެމްޑީޕީގެ އިސް ލީޑަރު، ނަމަވެސް މިކާމިޔާބީ އެމްޑީޕީ ސެކްރެޓޭރިއަޓުން ފާހަގަ ކޮށްލަން ނުކެރުނު!

އަލިފްދާލުގައި ޖޯޝުން ފުރިގެންވާ ތަގްރީރެއް މާދަރީ ދިވެހި ބަހުން އެމްޑީޕީގެ އިސްލީޑަރު އަދި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެއްވިއެވެ. އަދި އަލިފްދާލުގެ ޖެނެރަލް އެސެމްބްލީގެ ރިޔާސަތުގައި އިންނެވީ އެމްޑީޕީގެ މިނިސްޓަރު ޝާހިދުއެވެ. މިއީ ދިވެހިރާއްޖެ ފަދަ ކުޑަ ގައުމަކަށް ލިބުނު ބޮޑު ފަހުރެކެވެ. އަދި އަޅުގަނޑުމެންގެ ހަޔާތުގައި ދެން މިފަދަ ދުވަހެއް ފެންނާނެކަމެއްވެސް ނޭންގެއެވެ. ނަމަވެސް މިކާމިޔާބީ އެމްޑީޕީގެ ސެކްރެޓޭރިއަޓް އިން ފާހަގަ ކޮށް ބަޔާނެއް ނުވަތަ ޓްވީޓް އެއްވެސް ކޮށްލާފައެއް ނުވެއެވެ.

ނަމަވެސް ރައީސް ނަޝީދު ކުޑަ ޖަމްއިއްޔާ އަކުންބާއްވާ ޒޫމްމީޓިންގް އެއްގައި ބައިވެރިވިޔަސް އެމްޑީޕީ ސެކްރެޓޭރިއަޓް އިން މިކަން ފާހަގަކޮށް ބަޔާންނެރި އެމަނިކުފާނައް ތައުރީފުގެ ޓްވީޓްތައް އޮއްސާ؛ލައެވެ. ނަމަވެސް ރައީސް ސޯލިހް އަދި މިނިސްޓަރު ޝާހިދު ގެ ކާމިޔާބީ އެމްޑީޕީގެ ރައީސް، ރައީސް ނަޝީދަށް ވެސް، އެމްޑީޕީ ނައިބުރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު ޝިފާޒް (ޝިއްޕޭ) އަށްވެސް އަދި އެމްޑީޕީ ޗެއަޕާރސަން ހަސަން ލަތީފަށް ވެސް މަރުހަބާ ކިޔާލަން ޓްވީޓެއް ކޮށްލަންވެސް ނުކެރުނެވެ. މީދެރަވަރުކަމެކެވެ. އެމްޑީޕީ އަށް ލިބޭ ކާމިޔާބީއެއްގެ އިތުރުން މިއީ ގައުމީ ކާމިޔާބީއެކެވެ.

ފަލަސްތީނުން ރައީސް ސޯލިހަށް ޝުކުރުއަދާކޮށް އަދި ދުނިޔޭގެ އެތައް ލީޑަރުންނެއް ޔޫއެންޖީއޭ ރައީސް ޝާހިދާ ބައްދަލުކޮށް ޝުކުރުވެރިވަމުން ދާއިރު މިކާމިޔާބީ އަމިއްލަ ޕާޓީއަށް ފާހަގަ ކޮށްލަން ނުކެރުނެވެ. ރާއްޖޭގެ މީޑިއާތައް އަދި އެތައް ދިވެހިންނެއް ޓްވިޓާގައި ރައިސް ސޯލިހު އަށް ޝުކުރު އަދާކުރުމުން ދެއެވެ.

އެމްޑީޕީގެ ރައީސް ނަޝީދުގެ ފެކްޝަން މިގޮތައް ކަންތައް ކުރާއިރު މާދަމާ ނަގާ ވޯޓުގައި ރައީސް ސޯލިހު ފެކްޝަނަށް ލިބޭ ވޯޓްތައް ގިނަވާނެކަމަށް ސިޔާސީ މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ފާހަގަ ކުރެއެވެ. އެހެނީ އެމްޑީޕީ މެންބަރުން ބޭނުންވަނީ ސަރުކާރަށް އެއްބާރުލުންދީގެން ވައުދުތައް ފުއްދާން މަސައްކަތްކުރާށެވެ.

އެމްޑީޕީގެ ސެކްރެޓޭރިއަޓް ބަދަލުކޮށް ރައީސް ސޯލިހް އަދި ރައީސް ނަޝީދާއި އެކީގައި ހަމަހަމަ ކޮށް މަސައްކަތް ކުރާނެ ސެކްރެޓޭރިއޭޓެއް ވަނީ ބޭނުންވެފައެވެ. އަދި ގައުމީ ކާމިޔާބީތައް ފާހަގަ ކުރަން ތަސައްރަފު ފުދޭ ލީޑަރޝިޕެއް މިގައުމުގެ ސިޔާސީ މައިދާނައްވަނީ ބޭނުންވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *