Ad

ރައީސް ސޯލިހު, އެމްޑީޕީ ގައުމީ މަޖްލިސް 70 އިންސައްތައަށް ވުރެ މަތިން ކާމިޔާބު ކުރައްވައިފި!

އެމްޑީޕީ ގައުމީ މަޖްލީހުގެ 70 އިންސައްތައަށް ވުރެ ގިނަ ގޮނޑިތައް ރައީސް ސޯލިހު ކާމިޔާބު ކުރައްވައިފިއެވެ. ރައީސް ސޯލިހު ގައުމީ ޒިންމާ އަދާކުރައްވާން ޔޫއެންގައި އުޅުވަނިކޮށް އިންތިހާބުގެނަތީޖާ މިއައީ ރައީސް ސޯލިހަށް "ލޭންޑް ސްލައިޑް" ކާމިޔާބެކެވެ. ރައީސް ނަޝީދު ޔޫކޭ އިން އެކިފަރާތްތަކަށް ގުޅާ މިދިޔަ ހަފްތާގައި ކްލަބް ހައުސް ކައްނާޑީ ގުރޫޕަށް ވެސް އަޑުބަދަލުކޮށްގެން ނުވަދެ ދިޔައީ ރައީސް ސޯލިހުގެ ކެންޑިޑޭޓުން ފެއިލްކޮށްލާ އަދި ރައީސް ނަޝީދުގެ ބަރުލަމާނީ ކެންޑިޑޭޓުން ހޮވޭތޯ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ރައީސް ސޯލިހު ވަނީ ގައުމީ ޒިންމާ އަދާކުރަމުން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރައްވާފައެވެ.

ނަތީޖާ އަކީ ރައީސް ނަޝީދު ފަނުފުލުންގޮސް ބަލިވީއެވެ. މާލޭގެ ގޮނޑި ފިޔަވާ އެއްވެސް ވަރުގަދަ ގޮނޑިއެއް ރައީސް ނަޝީދަށް ކާމިޔާބެއް ނުވިއެވެ. ރައީސް ސޯލިހުގެ ހުރިހާ މިނިސްޓަރުންނާ ، މެނޭޖިންގް ޑައިރެކްޓަރުންނާ އަދި މަޖްލިސް މެންބަރުންވެސް ގޮނޑިތައް ކާމިޔާބު ކުރެއްވިއެވެ. ރައީސް ނަޝީދު ފެކްޝަންގެ މަޖްލިސް މެންބަރުންވެސް ބަލިވީއެވެ. މިއީ މުޅި އެމްޑީޕީގެ ގްރާސް ރޫޓް ރައީސް ސޯލިހު ކުރައްވާ މަސައްކަތް ބަލައިގަނެފައިވާ މިންވަރުގެ ފުރިހަމަ މިސާލެކެވެ.

ރައީސް ސޯލިހު އެމްޑީޕީ އިން ކުރިހޯއްދަވާ ތާއީދު ކަށަވަރުކުރެއްވީއެވެ. މިއަދު އެމްޑީޕީ އަކީ ރައިށް ނަޝީދު ވަށައިގެން އަބަދު އެނބުރޭ ޕާޓީއެކޭ ބުނެވޭކަށްނެތެވެ. މިޔަދު އެމްޑީޕީގެ އިސްލީޑަރަކީވެސް އަދި އެމްޑީޕީގެ ކުރިމަގުވެސް އޮތީ ރައީސް ސޯލިހު އާއި ގުޅިލާމެހިފައެވެ. ރައީސް ސޯލިހު އަންޑައެސްޓިމޭޓް ކުރި ހުރިހާ ފަރާތްތަކަށް މިޔަދު ވަރަށް ބޮޑު ފިލާވަޅެއް ލިބިއްޖެއެވެ. ބަސްމަދުކޮށް އަދި ޕޯޑިއަމްގައި ކަރުން ހަންދާވަރަށް ހަޅޭއްލަވާ މީހާއަކީ އަދި އެންމެ މޮޅުމީހާ ނޫންކަން ރައީސް ސޯލިހު ސާބިތު ކޮށްދީފިއެވެ. އަޑިގަދަ މީހާގެ ރުއްގިނަވާ ޒަމާން ފާއިތުވެއްޖެއެވެ. މިއަދު މީ ރައީސް ސޯލިހުގެ ޒައާމަތެވެ. އާދެ "އިބޫ އީރާ" ގެ ރަންދުވަސްވަރެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *