ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް މަޖިލީސް ތެރޭގައި ކުރިމަތި ފަރާތް ދެއްކެވިކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމާ ދެމެދު ހިނގި ޒުވާބަކަށްފަހު މެންބަރު ނާޒިލް ކުރިމަތިފަރާތް ދައްކާވާފައި ވަނީ "މި ވީޑިއޯ ކޮށްބަލާށޭ" ކިޔާފައެވެ. އެމްޑީޕީ އެތެރޭގެ ތިންތިހާބުގައި މެންބަރު ނާޒިލް ވާދަކުރެއްވި ދާއިރާގެ ވޯޓު އަމިއްލައަށް ގުނާ ތަން ފެންނަ ވީޑިއޯއެއް އާއްމުވެފައިވެއެވެ. މެންބަރު ނާޒިލް ތުހުމަތު ކޮށްފައި ވަނީ އެ ވީޑިއޯ ކުރީ މެންބަރު އަސްލަމް ކަމަށެވެ.
މި މައްސަލަ އިމްތިޔާޒާއި ބެހޭ ކޮމެޓީއަށް ހުށަހެޅި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ކަމަށް މައުލޫމަތު ލިބިފައިވެއެވެ.
މިކަމާ ގުޅިގެން އާންމުންގެ ފާޑިކިޔުން ނާޒިލްއަށް ވަނީ އަމާޒުވެފައެވެ. އަދި މިކަމަކީ ކުށަކަށްވާއިރު ނާޒިލްއާމެދު އެއްވެސް ފިޔަވަޅެއް އެޅުއްވިތޯ ފުލުހުންގެ މީޑިއާ ގުރޫޕްގައި މީޑިއާތަކުން ގެންދަނީ ސުވާލުކުރަމުންނެވެ. ނަމަވެސް ފުލުހުން މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެއެވެ.
One Response
Izzathaai aburah amilla ah thikiburuvaafa bunaane thimanmenah evves qadhareh nukureyey.. boahalaaku