Ad

އެންމެ ގިނަ ގޯލު ޖެހައިގެން ޑްރޮގްބާ ހެދި ރެކޯޑް ލިވަޕޫލްގެ ސަލާހު މުގުރާލައިފި

އިނގިރޭސި ފުޓްބޯޅައިގައި އެންމެ ގިނަ ގޯލު ޖެހި އެފްރިކާ އަށް ނިސްބަތްވާ ކުޅުންތެރިޔާގެ ރެކޯޑް ސަލާހު މުގުރާލައިފިއެވެ.

މިއަދާ ހަމައަށް މި ރިކޯޑް އޮތީ ޗެލްސީގެ ލެޖެންޑް އައިވަރީ ކޯސްޓްގެ ޑިޑިއޭ ޑްރޮގްބާ އަތުގައެވެ. ސަލާހު މި ރިކޯޑް މުގުރާލީ މެންޗެސްޓަރ ޔުނައިޑެޓް ކޮޅަށް ޖެހި ގޯލްތަކާ އެކުއެވެ. މިރޭ ޖެހި 3 ގޯލާއެކު ސަލާހު ވަނީ 107 ގޯލް ޖަހާފައެވެ. މިއީ 167 މެޗުން އޭނާ ޖެހި ގޯލްތަކެވެ. 254 މެޗުން ޑްރޮގްބާ ޖަހާފައިވަނީ 104 ލަނޑެވެ. މި ލިސްޓުގެ 3 ވަނައިގައި އޮތީ ލިވަޕޫލްގެ ސާޑިއޯ މާނޭއެވެ. މާނޭ ވަނީ 100 ގޯލް ޖަހާފައެވެ. 97 ގޯލްޖަހައިގެން މި ލިސްޓުގެ 4 ވަނައިގައި އޮތީ ކުރިން އާސެނަލް، މެންޗެސްޓަރސިޓީ، ޓެޓެމްހަމް އަދި ކްރިސްޓަލް ޕެލަސްއަށް ކުޅުނު ޓޯގޯގެ އެެމުނުއަލް އަޑެބަޔޯއެވެ. ލިސްޓުގެ 5 ވަނައިގައި އޮތީ 95 ލަނޑާއެކު ނައިޖީރިއާގެ ޔަކޫބެވެ.

މިސްރުގެ މުޙައްމަދު ސަލާހަކީ މިވަގުތު އެންމެ ފޯމުގައި ހުރި ކުޅުންތެރިޔާއެވެ. އޭނާ ދަނީ އަމިއްލަ ހުނަރު ބޭނުންކޮށްގެން މޮޅު ގޯލްތައް ޖަހަމުންނެވެ. މީގެތެރޭގައި މެންޗެސްޓަރ ސިޓީއާ ވަޓްފޮޑް ކޮޅަށް ޖެހި މޮޅު 2 ލަނޑު ހިމެނެއެވެ. ސަލާހުވަނީ ލިވަޕޫލްގެ ތާރީހުގައި ޖެހިޖެހިގެން 10 މެޗްގައި ގޯލްޖެހި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް ހޯދާފައެވެ. ސަލާހު ހޯދަން ދުނިޔޭގެ އެންމެ މުއްސަނދި ކުލަބް ނިއުކާސަލް ޔުނައިޑެޓުން މަސައްކަތް ކުރަމުންދާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *