Ad

ކޮވިޑްގެ އޮމިކްރޯން ވޭރިއަންޓް ސްރީލަންކާއިންވެސް ފެނިއްޖެ

ކޮވިޑްގެ އޮމިކްރޯން ވޭރިއަންޓް ސްރީލަންކާއިންވެސް ފެނިއްޖެއެވެ.

އެމިކްރޯން ވޭރިއަންޓަށް ޕްޒިޓިވްވީ ނައިޖީރިއާއިން މިމަހުގެ 23 ވަނަ ދުވަހު ސްރީލަންކާއަށް އެނބުރި އައި ލަންކާ މީހެކެވެ. މިކަން އެގައުމުގެ ހެލްތު މިނިސްޓަރު ކެހެލިޔާ ރަމްބުކްވެއްލާވަނީ ކަށަވަރުކޮށްދެއްވާފައެވެ. މިކަމާގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންގެންދާ ކަމަށް ލަންކާގެ ހެލްތު މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑްގެ އެމިކްރޯން ވޭރިވަންޓަކީ މިހާތަނަށް ފެނުނު އެންމެ އަވަހަށް ފެތުރޭ ކޮވިޑްގެ ވައްތަރެވެ. މި ވޭރިއަންޓް އެންމެ ފުރަތަމަ ފެނުނީ ދެކުނު އެފްރިކާއިންނެވެ. އޭގެފަހުން އެފްރިކާގެ ބައެއް ޤައުމުތަކާއި ޔޫރަޕްގެ އިތުރުން އޭޝިއާގެ ބައެއް ޤައުމުތަކުން މިވޭރިއެންޓް މިހާރު ވަނީ ފެނިފައެވެ. އިންޑިއާއިންވެސް މި ވޭރިއަންޓް ވަނީ ފެނިފައެވެ. އިންޑިއާގެ ސިއްޚީ އޮފިޝަލުން ބުނާގޮތުން އެ ޤައުމުން ޕޮޒިޓިވްވި ދެމީހުންނަކީ އެފްރިކާގެ ޤައުމުތަކުން އެތެރެވި ދެ މީހުން ކަމަށެވެ.

އެމިކްރޯން ވޭރިއެންޓުން ރައްކާތެރިވުމަށް ރާއްޖެއިން ވެސް ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. މިގޮތުން އެފްރިކާގެ 7 ޤައުމަކުން ރާއްޖެއަށް މީހުން އެތެރެވުން ވަނީ މަނާކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *