Ad

ފުޓްސަލް ކޯޗް އިސްމަ: ފަސްބެލުމެއް ނެތި ކުރިއަށް

އިސްމާއިލް އިބްރާހިމް "އިސްމަ" އަކީ ފުޓްސަލްގައި މުޅި ރާއްޖެއިންވެސް ފާހަގަކޮށްލެވޭ ހުނަރުވެރި މޮޅު ކޯޗެކެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކޯޗެއްގެ ހައިސިއްޔަތުން އެތައް ކާމިޔާބީއެއް އިސްމަ ވަނީ ހޯދާފައެވެ. ފާއިތުވި 2 އަހަރެއްހާ ދުވަސް ތެރޭގައި ރާއްޖޭގައި ބޭއްވި ހުރިހާ  ބެޑެތި ހުރިހާ ފުޓްސަލް މުބާރާތަކުން އިސްމަ ފެނިގެން ގޮސްފައިވެއެވެ. ނަތީޖާވެސް ވަރަށް ރަނގަޅެވެ. މި ސަބަބާހެދި ފުޓްސަލްގައި މިހާރު އެންމެ ޑިމާންޑްބޮޑު ކޯޗަކީ އިސްމައެވެ. އިސްމަ ފާހަގަކުރެވިފައިވަނީ ކުޅުންތެރިން ގެންގުޅެން އެނގޭ އެންމެންނާ ގުޅޭ ހުނަރުވެރި ކޯޗެއްގެ ގޮތުގައެވެ.

ކޯޗް އިސްމަ: ކުޅުންތެރިންނަށް އިރުޝާދު ދެނީ

އިސްމަ ކޯޗްކޮށްދިން ޓީމުތައް ހޯދާފައިވާ ބައެއް ކާމިޔާބީތައް

2018 ވަނަ އަހަރު އިންޓަރިޒޯޓް ފުޓްސަލް ލީގުގެ ޗެމްޕިއަންކަން ކަނޑިމާ މޯލްޑިވްސް

2019 ވަނަ އަހަރު އިންޓަރިޒޯޓް ފުޓްސަލް ލީގުގެ ޗެމްޕިއަންކަން ހޮލިޑޭއިން ކަނޑޫމާ ރިސޯޓް

2019 ވަނަ އަހަރު ގޯލްޑެން ފުޓްސަލް ޗެލެންޓް ކ. އަތޮޅުގެ ޗެމްޕިއަންކަން ގުރައިދޫ

2020 ވަނަ އަހަރު އިންޓަރ ރިޒޯޓް ފުޓްސަލް ލީގުގެ ޗެމްޕިއަންކަން ކަނޑިމާ މޯލްޑިވްސް

2020 ވަގުތު ފުޓްސަލް ޗެލެންޖްގެ 3 ވަނަ ފުވައްލުމަކު މާލެގަން

2021 ވަނަ އަހަރު ކްލަބް މޯލްޑިވްސްކަޕްގެ ރަނަރަޕް ފިއުލް ސަޕްލައި މޯލްޑިވްސް

މީގެ އިތުރުން 2020 ވަނަ އަހަރު އިންޓަރ ރިޒޯޓް ފުޓްސަލް ލީގުގެ އެންމެ މޮޅު ކޯޗްގެ މަޤާމް އިސްމަ ވަނީ ހޯދާފައެވެ.

ކޯޗް އިސްމަ، ޑެންމާކުގެ ކުރީގެ ކެޕްޓަން އަދި ލިވަޕޫލްގެ ކުރީގެ ވައިސް ކެޕްޓަން ޑެނިއަލް އެގަރއަށް ޖޯޒީއެއް ހަދިޔާ ކުރަނީ

ފުޓްސަލްއަކީ ޒުވާނުންގެ މެދުގައި އެންމެ މަގުބޫލް އެއް ކުޅިވަރަށް ވާއިރު އާ އަހަރާ ގުޅިގެން އެންމެ ފުރަތަމަ އިރުވަރު ނޫހުން ގެނެސްދިނުމަށް ހަމަޖެހިފައިވަނީ މަޝްހޫރު ފުޓްސަލް ކޯޗް އިސްމާއީލް އިބްރާހިމް "އިސްމަ"ގެ ޚާއްޞަ އިންޓަވިއުއެވެ.

އިރުވަރު: ކީއްވެތޯ ކޯޗެއްގެ ގޮތުގައި ފުޓްބޯޅައަށްވުރެ ބޮޑަށް ފުޓްސަލްއަށް ފޯކަސް ކުރީ؟

އިސްމަ؛ ފުޓްބޯޅައިގެ ފޯރި ރާއްޖޭގައި ކުޑަވެގެންދާ މަންޒަރު ފެންނާނީ ހިތަށް އެރީ ފުޓްސަލްއިން ކުރިއަށްދާން. އަދި ރާއްޖޭގެ ޒުވާނުން މިދާއިރާއަށް ނެރެދިނުން. ފުޓްސަލް ރާއްޖޭގައި މިހާ ކުރިއަރައިގެންދާއިރުވެސް ނަން ހިނގާ އެއް ކުޅުންތެރިން ތަކެއް މިއުޅެނީ. އެހެންވެ ހިތައް އެރީ މިދާއިރާއަށް އިތުރު ޒުވާން ކުޅުންތެރިން ނެރެދޭން. އިރާދަކުރެއްވިއްޔާ އެކަން ވަރަށް ރަނގަޅަށް ކާމިޔާބު ވެއްޖެ ކަމަށް ދެކެން. މިހާރު ވިސްނުން އިނީ ފުޓްސަލްއިން ދެވެން އޮތް އެންމެ ކުރިއަށް ދިއުން.

ފުޓްބޯޅައިގެ ފޯރި ގެއްލެނީ ކީއްވެ؟ އަސްލު މައްސަލަޔަކީ ކޮބާ؟

ކުޅުންތެރިން އުފެދޭނެ ގޮތެއް އަސްލު ނެތީމަ. ފުޓްބޯޅައިގެ ރަން ޖީލެއް އައިސް ރާއްޖެއަށް ރަން މެޑަލް ހޯދަދިން ފަހުން ކުޅުންތެރިންނެއް ނުއުފެދޭ. ނުފެނޭ އެފެންވަރުގެ ކުޅުންތެރިންނެއް. އެކަަޑަމީތައްވެސް މަދުވެފަ މިހާރު ހުރި އެކަޑަމީތައްވެސް ރަނގަޅަށް ކުރިއަށްގެންދާނެ ފައިނޭންސްއާއި ވަސީލަތްތައް މަދުވީމަ ކަމަށް ޤަބޫލުކުރަނީ ދިވެހި ފުޓްބޯޅަ މިހާ ދަށަށް މި ދިޔައީ.

ފުޓްބޯޅައާ ބަލާފަ ފުޓްސަލްގެ ފޯރި ކިހިނެއްތޯ؟

ވަރަށް ތަފާތު ބޮޑު. އެއް ކަމަކަށް ކުޅުންތެރިންނަށް ކުޑަ ދުވަސްކޮޅަކުން ލިބޭ އާމްދަނީ ރަނގަޅު ފުޓްސަލްގަ. ވަރަށް ރަނގަޅު އެއްޗެއް ލިބޭ. އެހެންވީމަ ފުޓްބޯޅައިގައި ކުރާ މަސައްކަތައްވުރެ ފުޓްސަލްގަ ކުރާ މަސައްކަތް މާ ރަނގަޅު. ސަޕޯޓަށް ބެލިޔަސް ފުޓްބޯޅައާ ފުޓްސަލްގެ ތަފާތު ފެނިގެންދާނެ. މުޅި ދަނޑު ފުރާލާނެ ރާއްޖޭގެ ކޮންމެ ހިސާބެއްގަ ފުޓްސަލް މުބާރާތެއް ބޭއްްވިޔަސް. އެކަމަކު ފުޓްބޯޅައިގައި ހިލޭ ވަދެވުނަސް ގިނަ ފަހަރަށް 50 މީހުންވެސް ހަމަނުވޭ ކުޅިބަލަން. މިއީ ފުޓްބޯޅައާ ފުޓްސަލްގެ ތަފާތު.

ކޯޗިން ކެރިއަރގައި އިސްމައަށް ލިބުނު އެންމެ ބޮޑު ކާމިޔާބީގޮތުގައި ސިފަ ކުރާނީ ކޮން ކަމެއްތޯ؟

2020 ވަނަ އަހަރު އިންޓަރ ރިޒޯޓް ފުޓްސަލް ލީގުގައި ދާލު ޒޯންގެ އެންމެ މޮޅު ކޯޗްގެ މަޤާމު ލިބުނު. އެކަމަކު އެންމެ ބޮޑު ކާމިޔާބީއެއް ކަމަށް ދެކެނީ ނިމިގެންދިޔަ 2021 ވަނަ އަހަރުގެ ކްލަބު މޯލްޑިވްސް ކަޕްގައި ރާއްޖޭގައި ރަން އަކުރުން ފަވާލެވޭ ހުރިހާ ކުޅުންތެރިންނާ ދެކޮޅަށް ކުޅެ އެފްއެސްއިން ހޯދި ކާމިޔާބީ. މުބާރާތަށް އެންމެ ފުރިހަމައަށް ތައްުޔާރުވެގެން ނިކުތް ވެމްކޯ ރައުންޑް އޮފް 16 ގަ އެފްއެސްއެމް އަތުން ބަލިވެގެން މުބާރާތުން އަލްވަދާއު ކިޔުން، ކުއާޓަރ ފައިނަލްގައި ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ތިބި އެޗްޑީސީގެ މައްޗަށް ފަހަތުން އަރާ އެފްއެސްއެމް އިން ކުރިހޯދުން، އެންމެ ބޮޑު އުފަލަކަށްވީ އެފްއެސްއެމްގައި ތިބި ނަން މަޝްހޫރު ކުޅުންތެރިން ނުލާ އެ ޓީމު ގޮވައިގެން މުބާރާތުގެ ފައިނަލަށް ދެވުނީމަ.

ނިންމާލަމުން ބުނެލާނީ ކީކޭ؟

އަސްލު އަޅުގަނޑުގެ މައިގަނޑު ވިސްނުމަކީ އާ ކުޅުންތެރިން އުފެއްދުން. އާ ކުޅުންތެރިން މި ދާއިރާއަށް ނެރުން. ކޮންމެ ކުޅުންތެރިއެެއްވެސް ގަދައަޅާ މަސައްކަތްކުރީމަ ކާމިޔާބުވާނެ. މިއީ ނަމަކުން ވާ ކަމެއް ނޫން. އާ އަހަރުގެ ހެޔޮއެދުމާ ތަހުނިޔާ ހުރިހާ ފަރާތްތަކަށް އަރިސްކުރަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *