Advertisement
BML Home 2nd Ad

ކަމުނުދިޔައީ ޕީއެޗްޑީއެއް ނޫނެވެ! ވަކި ބަޔަކު ޕީއެޗްޑީ ހާސިލްކުރުމެވެ!

ދުނިޔޭގެ ގައުމުތަކުން ހޭބޯނާރާ އެ ދުވަނީ ސަނަދުތަކުގެ ފަހަތުންނެވެ. ޢިލްމީ ޖީލުތައް ބިނާކުރުމަށެވެ. ޢިލްމު އުނގެނޭ މީހުންގެ އަގު އެގައުމުތަކުން ވަޒަންކުރެއެވެ. ތަޢުރީފުކުރެއެވެ. އެކަމަކު ރާއްޖެއިން މިފެންނަނީ ސަނަދަށް ވަގަށް ގޮވާތީއެވެ. މަތީ ސަނަދު ހޯދާ މީހުންގެ އަގުވައްޓާލައި، ރޭވިގެން އެމީހުންގެ އަބުރާއި ކަރާމާތް ގެއްލިދާ ގޮތަށް އާޑަ ފުރައްސާރަކުރާތީއެވެ.

Advertisement
Etukuri Inside ad 300x300 Desktop

ދާދި ފަހުން ޕީއެޗްޑީ ހާސިލްކުރި ގިނަ އަދަދެއްގެ ދިވެހިންގެ ސަނަދު ގަބޫލުނުކޮށް މޯލްޑިވްސް ކުއަލިފިކޭޝަންސް އޮތޯރިޓީން ބަޔާން ނެރުނީވެސް އެ ދަސްވެނީންނަށް ކުޑައިމީސްވާ ގޮތަށެވެ. އެމްކިއުއޭއިން މިއަށްވުރެ މާ ދަށް ފެންވަރުގެ ކޮލެޖްތަކުން ހޯދާ ޕީއެޗްޑީ ވެސް ގަބޫލުކޮށް، ސީލް ޖަހައިދީފައިވާއިރު، މި ފަހަރު ކުއްލިއަކަށް މިވީ ކިހިނެއްތޯ ވިސްނާލާއިރު، ބޮޑަށް ބެލެވެނީ މި ބިންދާލީ ސިޔާސީ ރާޅެއް ކަމަށެވެ. ސިޔާސީ ބަޔަކު އަޑީގައި ތިބެ، ސިޔާސީ ބައެއްގެ އަގު ވައްޓާލުމަށް މިފަހަރު މިގޮވެނީ ސަނަދު ވަގަށެވެ.

ދަސްވެނިވި ދަރިވަރުން ޕީއެޗްޑީ ހާސިލްކުރީ، އެ ކޮލެޖެއްގެ ބެލެނިވެރިކަމުގައި އެކި ދާއިރާތަކަށް ޚާއްސަ އަށެއްކަ ކޮލެޖް ހިންގާ ސާޅީސް އަހަރަށްވުރެ ދޮށީ ތަނަކުންނެވެ. މިފަދަ ހާލަތްތަކުގައި އެމްކިއުއޭއިން ގާނޫނުގެ މާއްދާއެއް ނޫސް ބަޔާނުގައި ހިމަނާލައި، ސިޔާސީ ކުލަ ޖެހިފައިވާ ބަޔާނެއް ނެރެލުމަކުން ޒިންމާއިން ރެކެވުނީކީނޫނެވެ.

އެކޮލެޖަކީ ޕީއެޗްޑީ ޕްރޮގްރާމުތައް ހިންގުމުގެ ގާބިލުކަން ލިބިފައިވާ އަދި ކާމިޔާބު އެތައް ދަރިވަރުންނެއް ނެރެދީފައިވާ އިންސްޓިޓިއުޝަނެކެވެ. ލައިބްރަރީ ފުރިހަމައެވެ. ލެކްޗަރާއިންގެ ފެންވަރު އެބަހުއްޓިއެވެ. ތަޖުރިބާ އެބަ ހުއްޓެވެ. ޕްރޮގްރާމުތަކުގެ މުއްދަތު ވެސް ދިވެހި ރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑަށް ފެތެއެވެ. ހަމައެކަނި ދިވެހި ރާއްޖެއެއް ނޫނެވެ. ދުނިޔޭގެ އެތައް ގައުމަކުން އެ ސަނަދުތައް ބަލައިގަނެއެވެ.

ހައި އެޑިއުކޭޝަން މިނިސްޓްރީން ވެސް އެހީތެރިކަމެއް ނުދީ ޕީއެޗްޑީ ސަނަދުތައް ރަށްމެދު ކޮށްލައި، އެ ސަނަދުތައް ހާސިލްކުރި ދަރިވަރުން ހަވަރަށް ދިނުމުން، އެހުރިހާ ދަސްވެނީން މިހާރު އެވަނީ ހައްގު ކަށަވަރުކުރުމަށް ރާއްޖޭގެ ސިވިލް ކޯޓަށް މައްސަލަ ވައްދާފައެވެ. މިއީ ދެން ހަމައެކަނި އުންމީދެވެ. ހައްގަށް އަބަދުވެސް ނަސްރުލިބެއެވެ.

ސިޔާސީ ގޮތުން ވާދަވެރިކަމާއި ނަފްރަތު އޭގެ އިންތިހާއަށް ދިޔަކަމުގައި ވިއަސް، ބުރަ މަސައްކަތުން ކުދިން ހޯދާ ސަނަދުތަކަށް ވަގަށް ނުގޮވަމާހެއްޔެވެ؟

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

10 Responses

  1. ހަމަގައިމުވެސް ތީގައި ހިމެނޭ ގުނަ މީހުންނަކީ މިސަރުކާރުގެ ބޮޑުން. ދެން ކީއްވެ ތިހެންވާންވީ. ދިމަލެއް ނުވޭ.

  2. ކޮން ސިޔާސީ އެއް ދުނިޔޭގެ ރަސްގެފާނު ފަދަ ސަރުކާރުގެ އިސް ވެރިންގެ ހަނގު އަނބިން އަދި ކޮޅު ބަޔަކު ނަމަ ތިހެން ލިޔެވިދާނެ

  3. ސެޓް ފިކެޓް ހޯދީ ސައްހަކޮށް ކިޔަވައިގެން، ތީސިސްލިޔެ ، ވައިބާ އެގްޒާމް ހަދައިގެން. އިރު ަރ ާު ނޫހަށް ޝުކުރުއްޔާ، ރައްޔިތުންގެ ބޮޑް ހައްގެއް ގެއްލޭއިރު ކޮށާ ނުލާ ހަގީގަތް ބަލަނާތޯ. ާދިވެހިބަހުން ޑިގްރީ އާއި މާސްޓަރ ތީސިސް ދިވެހި ބަހުން ލިޔެ މެލޭގެ ކޮލެޖްއަކުން ޕީއެޗް ޑީ އަށް ކިޔަވާނީ މެލޭބަހުންތޯ. އެފަދަ ސެޓްފިކެޓް އޯކޭދޯ.

  4. މިވާހަކަ ކަޑަ. ސަބަބަކީ ހަމަެކަނި ޕީއެޗްޑި އެއްނޫން، އެއްވެސް މަތީ ސަނަދެއް ނަގާނަމަ އެންމެ ކުރިން ބަލަންޖެހެނީ އެސަނަދަކީ ނުވަތަ އެ ޕޮރޮގްރާމެއް ހިންގަނީ ރާއްޖޭގެ ކަންކަމާބެހޭ އޮތޯރީޓަކުން ބަލައިގަން ތަންތަން ތޯ ބަލާ ޔަގީން ކުރުމަށް ފަހުގަ. ޑޮކްޓަރުކަން ކިޔަވާކުދިން، އަދި އެހެނިހެން ދާއިރާތަކުން ކިޔަވާ ކުދިންވެސް ކޯސްތަކަށް ދިއުމުގެ ކުރިން މިކަންކަން ބަލާ ހަދާ. އެހެންވީމަ އެކަންކަން ނުބަލާ ހަމަ ބޭނުންހާތާކުން ކިޔަވައިގެން އައިސް ދެން ޝަކުވާ ކުރުމުގެ ބޭނުމެއް ނެތް. އެހެން ގަުމުތަކުން ބަލައިގަތުމަކީ ރާއްޖެއިން ކޮންމެހެން ބަލައިގަންނަން ޖެހޭ ސަބަބެއްނޫން.

  5. Vaanuvaa neyngeyyaa faadu faaduge article nuliyaanee. Kiyevumakee faseyha kameh nun. Kiyevumakee kihaa varegge kamekkan ingeynee kiyevumah gadha alhaa hageegee ilmey bunaa kan kan dhenegannan masahkath kuraa meehunah. VAGU CERTIFICATE VIKKUMAKAEETHIKAHALA HINGAA KAMEH. article thah liyumuge kurin noosverikamakee kobaakan furathama kiyavaagen dhaskurumah naseyhath’therivan.

  6. ލަންކާގަ ތި ބޯޑްގަ ތިބީ އަސްލު ކޮލިފައަޑް މީހުންތޯ؟ ވަރަށްގިނަ މިހާރު ފޭކް ޕީއެޗްޑީ ވެސް އެތާ. ރިސާޗް އެއް ހަދާލާ އެތަނުގެ ނޫސތަށް ކިޔާލީމަ އެނގޭނެ މި ފޭކް ޕީއެޗްޑީ ހަދައިދޭ ތަނެއްކަން. ކުރިން އެމްކިޔުޔޫ އަށް ނޭގުނަސް މި ކޮލެޖް ވަނީ ރިޕޯޓްވެސް ކޮށްފަ ލަންކާގެ އެޑޔުކޭޝަން ބޮޑީއަށް . އަދިވެސް ލާރި ދިނީމަ ނޫހުގަ ޖަހާ. މި ކޮމެންޓް ނުޖެހިޔަސް މި ޖަހާނަން ސޯސަލް މީޑިއާގަ ވެސް

  7. ސަނަދު ގަނެފައިވާ ދަރިވަރަކު ލިޔެފައިވާ ފެންވަރު ވަރައް ދައް ލިއުމެއް..ސަނަދު ގަތްއިރުގަ ނޭންގޭދޯ ރައްމެދައް ބަލިވެ އިންނާނެކަމެއް

  8. އަހަރުމެން މާސްޓާރސް ހަދައިގެން މި ދަނީ މަހަށް.އޮޑީގައި ތިބި މީހުން އަހަރެން ބަލައި ގަނޭ….ތަނަކަށް އެޕްލައި ކުރީމަ ހާސަރު ގިނަ. ކިޔެވި އެއްޗަކާ މުސާރަ މިބައްދަލު.މި ފޮތް މާ ރަނގަޅު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add