ފެންބޮޑުވުމުގެ ހާދިސާގެ ތެރެއިން ނަޖިސްބޭރުގެ 4 ގެއަކުން މީހުން ހުސްކޮށްފި

މާލެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ފެންބޮޑުވުމާގުޅިގެން ނަޖިސްބޭރުވެ 4 ގެއަކުން 40 މީހުން ރައްކާތެރި ތަންތަނަށް ބަދަލުކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެ ސެންޓަރުން ބުނެފައިވަނީ މާލެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ފެންބޮޑުވުމާގ ުޅިގެން ނަޖިސްބޭރުވެ 4 ގެއަކުން 40 މީހުން ރައްކާތެރި ތަންތަނަށް ބަދަލުކޮށްފައިވާ ކަމަށާއި، އަދި ވެލިބަސްތާ ބޭނުންވާ ފަރާތްތަކަށް އެސެންޓަރުގެ ފަރާތުން ވެލިބަސްތާ ދޫކުރުން ކުރީގެ ހައުސިންގ މިނިސްޓްރީގެ އިމާރާތްހުރި ގޯތި ތެރޭގައި ކުރިއަށް ދާކަމަށެވެ.

 

މޯ ލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ވަނީ މިރޭގެ 21:45 އިން ފެށިގެން ދަންވަރު 12:00 އާއި ހަމައަށް އަދި ދަންވަރު 3:00 އިން ހެނދުނު 7:00 އަށް ބ އަތޮޅުން ފެށިގެން ދ އަޮޅާއިދެމެދުގެ އަތޮޅުތަކަށް މޫސުމް ގޯސްވާނެކަމަށް ލަފާކޮށް އޮރެންޖު އެލާޓް ނެރެފައެވެ. މެޓް އޮފީހުން ނެރެފައިވާ އޮރެންޖް އެލާޓް އިންޒާރުގައި ވަނީ އެ ވަގުތަކުގެ ތެރޭގައި ބ އަތޮޅުން ފެށިގެން ދ އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ލަފާކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *