އައްޑޫ ބްރިޖު މަޝްރޫއުއަށް ފަންނީ ލަފާދޭނެ ފަރާތެއް ހޯދަން އިޢުލާނުކޮށްފި

އައްޑޫ ސިޓީގެ ހުޅުމީދޫ އާއި ހިތާދޫ ގުޅުވާލާ ރާއްޖޭގެ އެންމެ ބޮޑު ބްރިޖް މަޝްރޫއަށް ފަންނީ ލަފާދޭނެ ބަޔަކު ހޯދަން އިޢުލާނުކޮށްފި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީގެ އެދުމުގެ ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ބްރިޖު މަޝްރޫއުގެ ސާވޭ އާއި ޑިޒައިން އަދި ޓެންޑާ ޑޮކިއުމަންޓާއި ޓެކްނިކަލް ސްޕެސިފިކޭޝަން ގެ މަސައްކަތުގެ ކޮންސަލްޓަންސީ ސާވިސް ދޭނެ ފާމެއް ހޯދަން ބޭނުންވާކަމަށެވެ.

އެހެންކަމުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އީއޯއައި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 24 ވަނަ ދުވަހުގެ 1:00 އާއި ހަމައަށް ހުޅުވާލައިފައިވާކަމަށާއި، އެ މަސައްކަތް ޚަވާލުކުރާނެ ފަރާތެއް ކަނޑައަޅާނީ އެކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓު ކުރާ ފަރާތްތަކަށް ފްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދީގެން ކަމަށެވެ.

 


އައްޑޫ ބްރިޖު މަޝްރޫއުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސާވޭގެ މަސައްކަތް ކުރުމަށް  މިދިޔަ އަހަރުގެ ފެބްރުއަރީ 19 ވަނަދުވަހު ދަ އަރަބް ކޮންޓްރެކްޓާސް – އޮސްމާން އަހުމަދު އޮސްމާން އެންޑް ކޯ އާއި ޙަވާލުކުރި މަސައްކަތް ވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ނިންމައިފަ އެވެ.

އައްޑޫ ބްރިޖަކީ ރާއްޖޭގައި ގާއިމުކުރެވޭ އެންމެ ދިގު ބްރިޖެވެ. އެ ބްރިޖުގެ ދިގުމިނުގައި 13 ކިލޯ މީޓަރު ހުންނާނެ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *