ލޮނުމެދަށް ޖެހިއްޖެ

ބާޒާރުން ލޮނުމެދު ހުސްވެ އެސްޓީއޯގެ ލޮނުމެދު ވިއްކުން ކޮންޓްރޯލް ކޮށްފި އެވެ.

ބާޒާރުން ލޮނުމެދު ހުސްވެ އަގުތައް ކިލޯއެއް 100 ރުފިޔާއިން މައްޗަށް އެރުމާއެކު އެސްޓީއޯގެ ލޮނުމެދަށް ބާރުބޮޑުވުމާ ގުޅިގެން އެސްޓީއިން ލޮނުމެދު ވިއްކުން ކޮންޓްރޯލްކޮށް މީހަކަށް ކިލޯއެއްގެ ރޭޓުން ވިއްކަން ފަށައިފިއެވެ.

ރަމަޝާން މަހާދިމާކޮށް ބާޒާރުގެ ތަކެތީގެ އަގުތައް މަތިވިޔަނުދީ ހިފެހެއްޓުމަށްޓަކައި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެސްޓީއޯއިން ވަނީ ދިވެހިން އާއްމުކޮށް ކެއުމަށާއި ކެއްކުމަށް ބޭނުންކުރާ 45 ބާވަތެއް ރާއްޖެ އެތެރެކޮކޮށް ކޮންޓްރޯލް އަގުގައި ވިއްކަން ފަށާފައެވެ. އެގޮތުން އެސްޓޯއިން މިހާރުވެސް ލޮނުމެދު ކިލޯއެއް ވިއްކަމުންދަނީ ކިލޯއެއް 45 ރުފިތާ އަށެވެ.

އެސްޓީއިން ތަކެތީގެ އަގުތަށް ކޮންޓްރޯލް ކުރުމާއެކު މިފަހަރު ރޯދަމަހު ބާޒާރުގެ އަގުތަށް އެއްހަމައެއްގައި ހިފެހެއްޓިފައިވެއެވެ. އެސްޓީއޯއިން ބުނެފައިވަނީ ވަކިވަކި ކަސްޓަމަރުން އާދަޔާ ހިފާލަށް ގިނައިން ލޮނުމެދު ގަންނާތީ ވިއްކާ މިންވަރު ލިމިޓުކުރި ނަމަވެސް، ލޮނުމެދުގެ ސްޓޮކް މަދު ނުވާ މިންވަރަށް އެބަހުރި ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *