އަންނަ އަހަރުގެ ވޯލްޑްކަޕް ޓާސްކްފޯހުގެ ޗެއާމަނަކަށް އެމެރިކާގެ ރައީސް ޓްރަމްޕް

އެމެރިކާ އާއި މެކްސިކޯ އާއި ކެނަޑާ ގުޅިގެން އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕްގެ ޓާސްކްފޯސް ޗެއާމަނަކަށް ރައިސް ޑޮނަލްޑް ޓްރަމްޕް ހަމަޖައްސަވައިފި އެވެ.

އެމެރިކާގެ ރައީސްކަމަށް ޓްރަމްޕް ވަޑައިގަތުމަށް ފަހު ޓެކްސް އާއި ޓެރިފް ބޮޑުކުރަމުންދާ މައްސަލާގައި މިހާރުވެސް ގުޅުން ގޯސްވެފައިވާ 3 ގައުމު ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ މި ވޯލްޑްކަޕް ބެލުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން ބަޔަކު ދަތުރުކުރާނެ ކަމަށް ބެލެވޭ މުބާރާތުގެ ސަލާމަތީ އިންތިޒާމުތަކާއި ޕްލޭނިންގެ ކަންކަން ކޯޑިނޭޓް ކުރާނީ ޓްރަމްޕް ޗެއާމަން ކަމުގެ ދަށުން ނެވެ.

އެމެރިކާ އިން ބުނެފައިވަނީ އިގްތިސާދީ ކަންކަމުގައި 3 ގައުމުގެ މެދުގައި ހިޔާލުތަފާތުވުންތައް އުފެދިފައި ވީނަމަވެސް ވޯލްޑް ކަޕާ ގުޅުން ހުރި މަސައްކަތްތަކުގައި ޓްރަމްޕް ހުންނެވީ އަނެއް ދެ ގައުމުގެ ފެޑްރަލް ސަރުކާރާ އެކު މަސައްކަތް ކުރައްވަން ތައްޔާރަށެވެ.

މުބާރާތަށް ގެނެވިފައިވާ ބަދަލުތަކުގެ ތެރެއިން އަންނަ އަހަރުގެ ވޯލްޑްކަޕްގައި 48 ގައުމު ފެނިގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *