ކުޅުދުއްފުށީގެ ވިޔަފާރިވެރިންނަށް އަގުޖަހަން އަންގައިފި

ކުޅުދުއްފުށި ސިޓީގެ ފިހާރަތަކުން ވިއްކާ މުދަލުގައި އަގުޖަހާފައި ބެހެއްޓުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އަންގައިފިއެވެ.

ފިހާރަތަކުގައި ވިއްކަން ހުންނަ މުދަލުގައި އަގުކޖަހާފައި ނުހުންނަކަމުގެ ޝަކުވާ ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ލިބެމުންދާތީ އެ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ވަނީ އެ ސިޓީގެ ބައެއް ފިހާރަތަކުން ވިއްކާ މުދަލުގައި އަގު ޖަހާފައި ނުހުންނަ ކަމުގެ ޝަކުވާ އާންމު ރައްޔިތުންގެ އެ ކައުންސިލަށް ލިބެމުންދާ ކަމަށެވެ.

އެކަމާގުޅިގެން ސިޓީކައުންސިލުން ކޮށްފައިވާ އިއުލާނުގައި ވަނީ ޤާނޫނު ނަންބަރު 12/2020 (މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ވިއްކާ މުދަލުގެ އަގަކީ ކޮބައިކަން މުދާ ގަންނަ ފަރާތަށް ސާފުކޮށް އެނގޭގޮތަށް މެނުވީ، އެއްވެސް މުދަލެއް ވިއްކަން ބަހައްޓައިގެން ނުވާނެ ކަމަށާއި، ކުޅުދުއްފުށި ސިޓީގައި މުދާ ވިއްކާ އެންމެހާ ފަރާތްތަކުން އެކަމަށް ސަމާލުކަންދެއްވާ، ވިއްކާ މުދަލުގެ އަގު ސާފުކޮށް އެނގޭނެހެން ވިއްކަން ބަހެއްޓުމަށް މުދާ ވިއްކާ ފަރާތްތަކަށް އަންގާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *