ދ. ކުޑަހުވަދޫގައި ޕިކަޕެއް މޫދަށް ވެއްޓިއްޖެ އެވެ.
މިއަދު މެންދުރު ފަހު އެރަށުގެ ބަނދަރު ސަރަހައްދުގައި ހިނގޮި އެ ހާދިސާގައި ޕިކަޕް މޫދަށް ވެއްޓުނީ ދޯންޏަކުން މުދާ ޕިކަޕަށް އަރުވައިގެން ފަހަތަށް ޖެހި ގަޑީގައި ކޮންޓްރޯލް ނުވެ ގޮސް އެއްގަމު ތޮޑިމަތިން މޫދަށް ވެއްޓިގެންނެވެ.
އެވަގުތު ޕިކަޕް ގައި އިނީ ޑްރައިވަރު އެކަނި ކަމަށާއި އެ އެހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.