ޖަލުގައި ހުންނެވި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ނޯބެލް ސުލްހައިގެ އިނާމަށް ނޮމިނޭޓް ވެއްޖެ

ޖަލުގައި ހުންނެވި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ނޯބެލް ސުލްހައިގެ އިނާމަށް ނޮމިނޭޓް ވެއްޖެ އެވެ.

ނޯވޭގެ ސިޔާސީ ޕާޓީ ޕާޓިއެޓް ސެންޓްރަމް އާއި ގުޅިފައިވާ ޕާކިސްތާން ވޯލްޑް އެލަޔަންސް (ޕީޑަބްލިއުއޭ) އިން ބުނީ ޕާކިސްތާނުގައި އިންސާނީ ހައްގުތަކާއި ޑިމޮކްރަސީ އަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ސަބަބުން ޖަލަށްލާފައިވާ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ނޯބެލް ސުލްހައިގެ އިނާމަށް ނޮމިނޭޓް ވެފައިވާ ކަމަށެވެ.

ނޯވޭގެ ނޯބެލް ކޮމިޓީއަށް ކޮންމެ އަހަރަކު ވެސް އެތައް ސަތޭކަ ނޮމިނޭޝަންތަކެއް ލިބޭ އިރު، އޭގެ ފަހުން އެ ކޮމިޓީން އިނާމު ލިބޭ ފަރާތްތައް ހޮވަނީ 8 މަސް ދުވަހުގެ ދިގު ޕްރޮސެސްއެއްގެ ތެރެއިން ކަމަށް އެކްސްޕްރެސް ޓްރިބިއުން އިން ބުންޏެވެ.

2019 ވަނަ އަހަރު ނޯބެލް ސުލްހައިގެ އިނާމަށް އިމްރާން ޚާން ވަނީ ނޮިމިނޭޓް ވެފައެވެ. އެފަހަރު އިމްރާން ޚާން ނޮމިނޭޓްވެފައިވަނީ ދެކުނު އޭޝިއާގެ ސުލްހަ މަސަލަސްކަން ކުރިއެރުވުމަށް އިމްރާން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ސަބަބުންނެވެ.

ޕާކިސްތާނުގެ މައި އިދިކޮޅު ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ޕާޓީގެ ބާނީކަން ވެސް ކުރައްވާ އިމްރާން ވަނީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ޖަލުގައި ބަންދުކޮށްފަ އެވެ.

އަދި އެއަށްފަހު މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އިމްރާން ޚާންގެ މައްޗަށް 14 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.

އިމްރާން ޚާންގެ ވެރިކަން ގެއްލުނީ 2022 ވަނަ އަހަރުގެ އޭޕްރީލް މަހު ނެގި އިތުބާރު ނެތްކަމުގެ ވޯޓާ ގުޅިގެންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *