Advertisement
BML Home 2nd Ad

ކުޑަކަމުދާ ތަކެތި ބޮޑުކަމުދާ ތަކެތި ހޮޅި ގުޅާފަ ކޮތަޅު ހަރުކޮށްފައި ހުންނަ މީހުން ޠާހިރުވެ ނަމާދުކުރާނީ ކިހިނެއް؟

ބަލީގެ ސަބަބުން ކުޑަކަމުދިޔުން ނުހިފެހެއްޓޭ މީހުންނާއި ބަލީގެ ސަބަބުން ބޮޑުކަމު ދިޔުން ނުހިފެހެއްޓޭ މީހުން، އަދި އޮޕަރޭޝަން ކުރުމުގެ ސަބަބުން ކުޑަކަމުދާ ހޮޅި ގުޅައި ޔޫރިން ބޭގް ހަރުކޮށްފައިވާ މީހުންނާއި، ނަޖިސް ބޭރުކުރުމަށްޓަކައި ހޮޅި ގުޅައި ބޮޑުކަމުދާ ތަކެތި އަޅާ ބޭގް ހަރުކޮށްފައިވާ މީހުން ނަކީ، ނަމާދު ކުރުމަށްޓަކައި، ނަޖިހުން ޠާހިރުވުމުގައި ޝަރީޢަތުގައި ލުއިފަސޭހަކަން ލިބިގެންވާ ބައެކެވެ.

Advertisement
Etukuri Inside ad 300x300 Desktop

އެފަދަ މީހުން ކަންތައް ކުރަންޖެހޭނެ ގޮތަކީ، ނަމާދު ކުރަންވުމުން ވުޟޫ ކުރާނީއެވެ. އަދި ވުޟޫ ކުރުމަށްފަހު ލަސްނުކޮށް ނަމާދު ކުރަން ފަށާނީއެވެ. ވުޟޫކުރަނިކޮށް، އަދި ނަމާދު ކުރަނިކޮށް ހޮޅީން ނަޖިސް އައި ކަމުގައިވިޔަސް، އަދި ކޮތަޅުގައި އެ ހުންނަ ނަޖިހަކުން، އެ އަންނަ ނަޖިހަކުން އޭނާގެ ވުޟޫއެއް ނަމާދެއް ބާޠިލެއް ނުވާނެއެވެ. އެހެނީ އޭނާއަކީ ޢުޛުރުވެރިއެކެވެ. އޭނާގެ ޙުކުމަކީ އިސްތިޙާޟާގެ ލޭ އަންނަ އަންހެނެއްގެ ޙުކުމެވެ. އެ އަންހެން މީހާއަށްވެސް ވަނީ ނަމާދު ކުރަން ވުމުން ވުޟޫކޮށްގެން ނަމާދުކުރަން ފެށުމެވެ. ނަމާދު ކުރަން ފެށުމަށްފަހު އަންނަ ލެއަކުން ވުޟޫއަކަށް ނަމާދަކަށް އަސަރެއް ނުކުރާނެއެވެ.

އެގޮތަށް ހޮޅި ގުޅާފައިވާ މީހުން، ނަޖިސް ބޭގު ގުޅާފައިވާ މީހުން މި ކަންކަމަށް ސަމާލުކަން ދިނީމައި ރަނގަޅުވާނެއެވެ.

ނަމާދު ކުރަންވާނީ ނަމާދު ވަޤުތު ވަނުމަށްފަހު ނަމާދު ކުރަން ވީމައެވެ.
ކޮންމެ ނަމާދަކަށްވެސް އައު ވުޟޫއެއް ކުރަން ޖެހޭނެއެވެ. މިސާލަކަށް ޢަޞްރު ނަމާދުކުރަން ކޮށްފައިވާ ވުޟޫ، މަޣްރިބު ނަމާދު ކުރާކަށް ކަމަކު ނުދާނެއެވެ. މަޣްރިބް ނަމާދަށް އައު ވުޟޫއެއް ކުރަން ޖެހޭނެއެވެ. ދެ ނަމާދު ޖަމްޢުކުރާ ޙާލަތުގައި އެއްވުޟޫއަކުން ދެނަމާދު ކުރެވޭނެއެވެ. މިސާލަކަށް މެންދުރު ނަމާދާއި ޢަޞްރު ނަމާދު ޖަމްޢުކުރާނަމަ އެއްވުޟޫއަކުން ފުދޭނެއެވެ. އަދި ފަރްޟު ނަމާދާއި ސުންނަތް ނަމާދުވެސް ކައިރި ކައިރީގައި ކުރާނަމަ އެއްވުޟޫއިން ފުދޭނެއެވެ. މިސާލަކަށް މެންދުރު ނަމާދުގެ ރަވާތިބު ސުންނަތާއި މެންދުރު ނަމާދު އެއްވުޟޫއިން ކުރެވިދާނެއެވެ.

ނަމާދު ޖަމްޢުކުރުމަކީ އެފަދަ ބަލިމީހަކަށް ލިބިފައިވާ ލުއިފަސޭހަކަމެކެވެ. އެހެންކަމުން އެއްވުޟޫއަކުން މެންދުރުނަމާދާއި ޢަޞްރުނަމާދު އިސްކޮށް ނުވަތަ ފަސްކޮށް ޖަމްޢުކުރެވޭނެއެވެ. އޭރުން މެންދުރު ނަމާދުގެ 4 ރަކްޢަތްކޮށްފައި ސަލާމްދީފައި ޢަޞްރު ނަމާދުގެ 4 ރަކްޢަތް ކުރާނީއެވެ. އަދި އެއްވުޟޫއެއްގައި މަޣްރިބް ނަމާދާއި ޢިޝާ ނަމާދުވެސް އިސްކޮށް ނުވަތަ ފަސްކޮށް ޖަމްޢުކުރެވޭނެއެވެ. އޭރުން މަޣްރިބް ނަމާދުގެ 3 ރަކްޢަތްކޮށް ސަލާމް ދީފައި ޢިޝާ ނަމާދުގެ 4 ރަކްޢަތްކުރާނީއެވެ.

އަދި ބަލިމީހާއަކީ ދަތުރު ވެރިއެއް ނަމަ ޤަޞްރު ޖަމްޢުވެސް ކުރެވޭނެއެވެ. އެފަދަ ޙާލަތެއްގައި އެއްވުޟޫއަކުން މެންދުރުނަމާދާއި ޢަޞްރުނަމާދު އިސްކޮށް ނުވަތަ ފަސްކޮށް ޤަޞްރު ޖަމްޢުކުރެވޭނެއެވެ. އޭރުން މެންދުރު ނަމާދުގެ 2 ރަކްޢަތްކޮށްފައި ސަލާމްދީފައި ޢަޞްރު ނަމާދުގެ 2 ރަކްޢަތް ކުރާނީއެވެ. އަދި އެއްވުޟޫއެއްގައި މަޣްރިބް ނަމާދާއި ޢިޝާ ނަމާދުވެސް އިސްކޮށް ނުވަތަ ފަސްކޮށް ޤަޞްރު ޖަމްޢުކުރެވޭނެއެވެ. އޭރުން މަޣްރިބް ނަމާދުގެ 3 ރަކްޢަތްކޮށް ސަލާމް ދީފައި ޢިޝާ ނަމާދުގެ 2 ރަކްޢަތްކުރާނީއެވެ.

މިފަދަ މީހުން ކޮންމެ ނަމާދަކަށް އައު ވުޟޫއެއް ކުރަންޖެހޭނެ ކަމުގެ ދަލީލަކީ އިސްތިޙާޟާވެފައިވާ އަންހެނާއަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި ބަސްފުޅެވެ. ((ثُمَّ تَوَضَّئِي لِكُلِّ صَلاَةٍ …)) [رواه البخاري / كتاب: الوضوء / باب: غسل الدم / رقم: 228] މާނައީ: “ދެން، ކޮންމެ ނަމާދަކަށްވެސް ވުޟޫކުރާށެވެ.” ކުރީން ދެންނެވި ފަދައިން ދެ ނަމާދު އެއްވަޤުތެއްގައި ކުރާނަމަ އެއްވުޟޫއިން ފުދޭނެއެވެ.

 

މަރްޖިޢުތައް

‏” فتاوى اللجنة الدائمة للبحوث العلمية والإفتاء ” ( 8 / 85 ) .

” الفتاوى الكبرى ” ( 1 / 49 ) . شيخ الإسلام ابن تيمية – ‏رحمه الله

“رسالة في الدماء الطبيعية للنساء” للشيخ ابن عثيمين رحمه الله .

” فتاوى المرأة المسلمة ” ( 1 / 292 ، 293 ) .

فتاوى اللجنة الدائمة 5 / 412

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add