Advertisement
BML Home 2nd Ad

ދަތްޕިލާގައި ނަރުގަނޑު އެޅުވުމަކީ ހުއްދަކަމެއްތަ؟

ރީތިކަންދެއްކުމަށްޓަކައި ދަތްތަކުގެ ދެމެދުގައިވާ ހުސްތަންފުރާ މީހުންނަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ލަޢުނަތް ލައްވާކަމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ޙަދީޘްގައި އައިސްފައިވާތީ، ދަތުގައި ނަރުގަނޑު އެޅުވުމުގެ ޙުކުމާ ބެހޭގޮތުން ބައެއް މީހުން ސުވާލު ކުރެއެވެ. އެ ޙަދީޘް ތިރީގައި މިވަނީއެވެ.

Advertisement
Etukuri Inside ad 300x300 Desktop

ރަސޫލުﷲ ޞައްލަﷲ ޢަލައހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

لَعَنَ اللهُ الْوَاشِمَـاتِ، وَالْـمُسْتَوْشِمَـاتِ، وَالْـمُتَنَمِّصَاتِ وَالْـمُتَفَلِّجَاتِ لِلْحُسْنِ، الْـمُغَيِّرَاتِ خَلْقَ اللهِ) [ متفق عليه].

“ޓެޓޫ ޖަހައިދޭ އަންހެނުންނާއި (ހަށިގަނޑުގައި) ޓެޓޫ ޖަހާ އަންހެނުންނާއި ބުމަ އުފުރާ އަންހެނުންނާ އަދި ރީތިކަންދެއްކުމަށްޓަކައި ދަތްތަކުގެ ދެމެދުގައިވާ ހުސްތަންފުރައި، ﷲ ގެ ޚަލްޤު ބަދަލުކުރާ އަންހެނުންނަށް ﷲ ލަޢުނަތް ލެއްވިއެވެ.”

މި ޙަދީޘްގައި އަންހެނުންގެ ވާހަކަ އައިސްފައިވިޔަސް މި ނަހީގެ ތެރެއަށް ފިރިހެނުންވެސް ވަދެގެންދެއެވެ. ޢިލްމުވެރިން ވިދާޅުވާގޮތުގައި މި ޙަދީޘްގައި އަންހެނުންގެ ވާހަކަ އައިސްފައިވަނީ ޢާއްމުކޮށް އެކަން ކޮށް އުޅެނީ (ނުވަތަ އެޒަމާނުގައި ކޮށްއުޅުނީ) އަންހެނުން ކަމުގައިވާތީއެވެ.

ދަތްޕިލާގައި ނަރުގަނޑު އެޅުވުމުގެ ޙުކުމް

ދަތުގައި ނަރުގަނޑު އަޅުވަނީ ދަތްޕިލާގައި ޢައިބެއް ހުރުމުގެ ސަބަބުން ކަމަށްވާނަމަ އެއީ ހުއްދަކަމެކެވެ. މިސާލަކަށް ދަތްތައް މާ ބޮޑަށް ބޭރަށް ނުކުމެފައި ހުރުން، ނުވަތަ ދަތްތައް ޢާއްމުކޮށް ހުންނަ ވަރަށް ވުރެ ބޮޑަށް ދޭތެރެ ދުރުވެފައި ހުރުން، މިފަދަ ޙާލަތެއްގައި ދަތުގައި ނަރުގަނޑު އެޅުވުން ޙަރާމްވެގެން ނުވެއެވެ.

ދަތްޕިލާގައި ޢައިބުނެތި ނެތި ހަމަ ރަނގަޅަށް ހުއްޓާ މިހާރު ހުރިގޮތް ކަމުނުގޮސްގެން އިތުރަށް ރީތި ކުރުމުގެ ގޮތުން ނަރުގަނޑު އެޅުވުން ހުއްދައެއް ނުވާނެއެވެ.

ރީތިވުމަށްޓަކައި ކުރާ ސަރޖަރީތަކާއި، އަޅުވާ އެކި އެކި އެއްޗިއްސާއި ލައްވާ އެކި އެކި އެއްޗެހި ދެބަޔަކަށް ބެހެއެވެ.

ހ- ޢައިބެއް ފިލުވުމުގެ ގޮތުން ކުރާ ކަންކަން _ މިކަންކަން ހުއްދައެވެ. އެކަމުގެ ދަލީލަކީ

عَنْ عَبْدِ الرَّحْمَنِ بْنِ طَرَفَةَ أَنَّ جَدَّهُ عَرْفَجَةَ بْنَ أَسْعَدَ (قُطِعَ أَنْفُهُ يَوْمَ الْكُلَابِ فَاتَّخَذَ أَنْفًا مِنْ وَرِقٍ فَأَنْتَنَ عَلَيْهِ فَأَمَرَهُ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَاتَّخَذَ أَنْفًا مِنْ ذَهَبٍ) رواه أبو داود (4232) والترمذي (1770) والنسائي (5161) والحديث حسنه الألباني في صحيح أبي داود.

ޢަބްދުއްރަޙްމާން ބިން ޠަރަފާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އޭނާގެ ކާފަ ޢަރްފަޖާ ބިން އަސްޢަދުގެ ނޭފަތް ކުލާބުގެ ދުވަހުގައި (ޖާހިލިއްޔަ ޒަމާނުގައި ދެ ޤަބީލާއެއްގެ ދެމެދުގައި ކުރެވުނުހަނގުރާމައެއް ތެރޭގައި) ބުރިވެގެންދިޔައެވެ. ދެން އޭނާ ރިހީގެ ނޭފަތެއް ޖަހައިފިއެވެ. ފަހެ އެ ނޭފަތް ޖެހިތަން ކުނިވެއްޖެއެވެ. ދެން، ރަނުން ނޭފަތެއް ޖެހުމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އޭނާއަށް އަމުރުކުރެއްވިއެވެ.”

މި ޙާދިޘާގައި ނޭފަތެއް ޖެހުމަކީ އެއީ ޢައިބެއް ފިލުވާލުމަށްޓަކައި ކުރެވުނު ކަމެކެވެ. ވީމާ، ޢައިބު ފިލުވާލުމަށް އެފަދަ ކަންކަން ކުރެވިދާނެކަމަށް މި ޙަދީޘުން ދަލާލަތު ކުރެއެވެ.

ށ- ޢައިބެއް ނެތް އިރު، މިހާރު ހުރި ވަރަށްވުރެ ރީތި ކުރަން ކުރާ ކަންކަން _ މިކަންކަން ހުއްދައެއް ނޫނެވެ. އެކަންކަން ވަނީ ﷲ ގެ ޚަލްޤު ބަދަލު ކުރުމުގެ ތެރެއިންނެވެ. އެކަމުގެ ދަލީލަކީ އަންނަނިވި ޙަދީޘެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

لَعَنَ اللهُ الْوَاشِمَـاتِ، وَالْـمُسْتَوْشِمَـاتِ، وَالْـمُتَنَمِّصَاتِ وَالْـمُتَفَلِّجَاتِ لِلْحُسْنِ، الْـمُغَيِّرَاتِ خَلْقَ اللهِ) [ متفق عليه].

“ޓެޓޫ ޖަހައިދޭ އަންހެނުންނާއި (ހަށިގަނޑުގައި) ޓެޓޫ ޖަހާ އަންހެނުންނާއި ބުމަ އުފުރާ އަންހެނުންނާ އަދި ރީތިކަންދެއްކުމަށްޓަކައި ދަތްތަކުގެ ދެމެދުގައިވާ ހުސްތަންފުރައި، ﷲ ގެ ޚަލްޤު ބަދަލުކުރާ އަންހެނުންނަށް ﷲ ލަޢުނަތް ލެއްވިއެވެ.”

އިބްނު ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވިއެވެ. “ދަތްޕިލައިގައި ޢައިބެއްވާނަމަ އެ ފިލުވާލުން ހުއްދައެވެ. މުހިންމު ކަމަކީ ޒީނަތްތެރިވުމުގެ ގޮތުން ނުވަތަ ރީތިވުމުގެ ގޮތުން އެކަން ނުކުރުމެވެ. ޒީނަތްތެރިވުމުގެ ގޮތުން ކުރާ އޮޕަރޭޝަންތަކުގެ ޢާއްމު ޤަވާޢިދަކީ، އެކަން ކުރަނީ އުނިކަމެއް ނުވަތަ ޢައިބެއް ފިލުވާލުމަށްނަމަ، އެކަމުގައި އެއްވެސް މައްސަލައެއް ނެތުމެވެ. އަދި އެކަން ކުރަނީ ޒީނަތްތެރިވުމާއި ރީތިވުމަށްނަމަ އެކަން މަނާވެގެންވުމެވެ. “مجموع فتاوى الشيخ ابن عثيمين رحمه الله”

ޚުލާޞާ: ދަތްޕިލާގައި ނަރުގަނޑުއަޅުވަނީ ޢައިބެއް ފިލުވަން ނަމަ ހުއްދައެވެ. އަދި އެއީ ޢައިބެއް ފިލުވުމަށް ނޫންގޮތަކަށް ކުރާ ކަމެއްނަމަ، އިތުރަށް ރީތި ކުރުމަށްކުރާ ކަމެއް ނަމަ އެއީ ހުއްދަ ކަމެއް ނޫނެވެ.

މަރްޖިޢުތައް

https://islamqa.info/ar/answers/110357

https://islamqa.info/ar/answers/12090

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add