މިދިޔަ ހުކުރު ދުވަހުގެ ރޭ ފަތިހު ހ. ފެންޓެނޯއީ ގޭ މަތިން ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި، އެރޭ ޔުމްނު އާއެކު ހަރަކާތެރިވި 8 މީހުންގެ ވަނަވަރު ފުލުހުން މިއަދު އާއްމުކޮސްފިއެވެ.
ހައްވާ ޔުމްނު ރަޝީދު 21، އާއެކު އެރޭ އެކި ވަގިތުތަކުގައި އެކި ތަންތަނުގައި ހަރަކާތްތެރިވިކަމަށް ފުލުހުން މައުލޫމާތު އާއްމުކޮށްފައިވާ 8 ފަރާތަކީ:
- ރައުދު އަހުމަދު ޒިލާލް، ގ. އެރިޔަދޫ
- އާއިޝަތު ލަޔާލީ އިގުބާލު، ގ. ނޯތުބްރީޒް
- އިޒްދިޔާން މުހައްމަދު މައުމޫން، މއ. މާންދޫގެދެކުނުގެ
- ޔޫސުފް އަހުމަދު އަކްރަމް، މއ. މާންދޫގެދެކުނުގެ
- ޔޫސުފް ޔައްސާރު އަބްދުލްގަފޫރު، ހ. މީނާޒް
- އައިމިނަތު ޖުނައިނާ ޖަމްޝީދު، މ. ތިލަފަޅު
- ހުސައިން ހަމީސް އަލީ، އަލި، ނ. ވެލިދޫ
- އިޖާޒް ޖާއިޒް، މާތޮޑާ އަވަށް، ގދ. ފަރެސްމާތޮޑާ
ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު ކުރިއަށް ދާތީ އެ އެންމެންގެ ޕާސްޕޯޓް މިހާރު ހިފަހައްޓައި އެރޭ ހ. ފެންޓެނޯއީ ގޭގައި ޔުމްނު އާއެކު ހަރަކާތްތެރިވި ރައުދު ހައްޔަރު ކުރުމުގެ އަމުރަކަށް ވެސް މިހާރު އެދިފައިވާނެކަމަށްވެސް ފުލުހުންބުނެފައިވެއެވެ.
ފުލުހުން މިއަދު ވަނީ ޔުމްނު ވެއްޓުމުގެ ކުރިން ހިނގާފައިވާ ބައެއް ކަންކަމުގެ ވީޑިއޯ ފުޓޭޖު ވެސް ދައްކައިފަ އެވެ.