ޔޫތު މިނިސްޓްރީގެ ޒުވާނުންގެ އޮޅުއަށީގައި ބައިވެރިވުމަށް ހުޅުވާލައިފި

ޔޫތު މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވާ ޒުވާނުންގެ ހޮޅުއަށީގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޔޫތު މިނިސްޓްރީގެ ފޭސްބުކް ގައި ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވަނީ އެ މިނިސްޓްރީން ބާއްވަން ހަމަޖެހިފައިވާ "ޒުވާނުންގެ ހޮޅުއަށި" މި މަހުގެ 30 ވަނަ ދުވަހުގެ ރޭ 8:30-10:00 އަށް ސޯޝަލް ސެންޓަރުގައި ބާއްވަން ހަމަޖެހިފައިވާ ކަމަށާއި، އެ ހޮޅުއަށީގައި ބައިވެރިވާން އެދޭ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް ހުޅުވާލާފައިވާ ކަމަށެވެ.

އަދި އެ ހޮޅުއަށީގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީވުމަށްޓަކައި އޮންލައިން ލިންކެއް (Google Forms: Sign-in) ވެސް އެ ޕޯސްޓާއެކު ހިއްސާކޮށްފައިވެއެވެ.

ޒުވާނުންނަށް ދިމާވާ ގޮންޖެހުންތަކާއި، އެކަންކަމަށް ހައްލު ހޯދުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން ހިޔާލު ބަދަލުކުރުމަށް އެ ހޮޅުއަށީގައި ފުރުސަތު ލިބިގެންދާނެ ކަމަށާއި، ހާއްސަކޮށް ޒުވާނުންގެ ވަޒީފާގެ ދަތިކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *