ފަސް ތަރީގެ ބާސެލޯ ނަސަންދުރާ-މާލެ ހޮޓެލް ހުޅުވައިފި

ނަސަންދުރަ ހިންގި ބިމުގައި ބާސެލޯ ނަސަންދުރާ-މާލެ ގެ ނަމުގައި 5 ތަރީގެ ހޮޓަލެއް ހުޅުވައިފި އެވެ.

ސްޕެއިންގެ ބާސެލޯ ގުރޫފުން ތަރައްގީކޮށްފައިވާ ބާސެލޯ ނަސަންދުރާ-މާލެ ހޮޓެލްގައި 136 ރޫމް އެކުލެވިގެންވާއިރު މި ހޮޓަލުގައި 95 އޯޝަންވިއު ރޫމް އާއި 116 ލަގްޒަރީ ލަގްޒަރީ ސާވިސް އެޕާޓްމަންޓް ހިމެނެއެވެ.

މީގެ އިތުރުން 4 ރެސްޓޯރަންޓާއި ޖިމަކާއި ޕޫލަކާއި ސްޕާ އާއި ކޮންފްރެންސް ހޯލް އަކާއި އެގްޒިބިޝަންތަކަށް ހާއްސަ ހޯލެއް ވެސް ހިމެނެއެވެ.

ސްޕައިންގެ ބާސެލޯ ގުރޫޕުން މާލޭގައި ހުޅުވި 5 ތަރީގެ މި ހޮޓަލަކީ މާލޭގައި ހުޅުވި މި ފެންވަރުގެ އެންމެ ފުރަތަމަ ހޮޓަލެވެ.

މީގެ އިތުރުން އެ ކުންފުނިން ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި 'ބާސެލޯ ވޭލް ލެގޫން މޯލްޑިވްސް" ގެ ނަމުގައި އދ. އަތޮޅުގައި 5 ތަރީގެ ރިސޯޓެއް ވެސް ވަނީ ހިންގަން ފަށާފައިވާއިރު އިތުރު ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތް މިހާރުދަނީ ކުރިއަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *