ދުބާއީގެ ޓެކްސީތަކުގައިވެސް ރާއްޖޭގެ އިޝްތިހާރު

ޖަރުމަނާއި އިނގިރޭސިވިލާތަށްފަހު ދުބާއީގެ ޓެކްސީތަކުގައި ރާއްޖެ އިޝްރތިހާރު ހަރުކޮށްގެން، ރާއްޖެ އިޝްތިހާރުކުރުމުގެ ކެމްޕއޮިނެއް މޯލްޑިވްސް މާކެޓިންގް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރްސީއިން ފަށައިފިއެވެެ.

ދުބާއީ މިއުޒިއަމް އޮފް ދަ ފިއުޗަރ ސަރަހައްދުގައި މި ކެމްޕެއިން ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރ ޠާރިޤު އިބްރާހީމްއެވެ. މި ކެމްޕެއިންގެ ތެރެއިން ދުބާއީގެ މަގުމަތީގައި ދުއްވާ 200 ޓެކްސީއެއްގައި ރާއްޖޭގެ އިސްތިހާރުވަނީ ހަރުކޮސްފައެވެ.

މި ޓެކްސީތަކުގައި ރާއްޖޭގެ ޤުދުރަތީ ރީތި މަންޒަރުތައް ފެނިގެންދާއިރު ލިވަޕޫލްއާއެކު ރާއްޖެ އިޝްތިހާރުކުރުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ލިވަޕޫލް ކޯބްރޭނޑިން ގެ ކުރެހުންތައްވެސް ފެނިގެންދާނެކަމަށް އެމްއެމްޕީއާރީސީ އިން ބުނެއެވެ.

ދުބާއީގައި މިހާރު ކުރިއަށްދާ އެރޭބިއަން ޓްރެވަލް މާކެޓް 2025 އާއި ގުޅުވައިގެން ކުރިއަށްގެންދާ މި ކެމްޕެއިން 1 މަސްދުވަހުގެ މުއްދަތަށް ވަނީ ކުރިއަށް ގެންދަން ނިންމާފައެވެ.

މީގެ ކުރިން ޖަރުމަނުވިލާތުގެ ބާލިން ގައްޔާއި އިނގިރޭސިވިލާތުގައި ވެސް ޓެކްސީތައް ބޭނުންކޮށްގެން ރާއްޖެ އިޝްތިހާރުކުރުމުގެ ކެމްޕެއިންތައް ބވަނީ ކުރިއަށްގެންގޮސްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *