ވިޔަފާރިކުރާތާ 6 މަސް ވުމުން 'ވިޔަފާރި އެހީ' ލޯނަށް ޝަރުތުހަމަވާނެ: އެސްޑީއެފްސީ

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީގެ "ވިޔަފާރި އެހީ" ލޯނުގެ ޝަރުތު ހަމަވާ މިންގަނޑަށް ބަދަލުގެނެސްފި އެވެ.

އެ ކޯޕަރޭޝަނުން ކުރިން 1 އަހަރު ވިޔަފާރިކުރާ ފަރާތްތަށް ޝަރުތުހަމަވާގޮތަށް ކުރިއަށްގެންދިޔަ "ވިޔަފާރި އެހީ" ލޯނަށް ޝަރުތު ހަމަވާ މުއްދަތު މިހާރުވަނީ މެދުކެނޑުމެއްނެތި 6 މަސްދުވަހަށް ވުރެ ގިނަ ދުވަހު ވިޔަފާރި ކުރަމުންގެންދާ ފަރާތްތަކަށް ޝަރުތުހަމަވާ ގޮތަށް ބަދަލުގެނެސްފައެވެ.

ވިޔަފާރި އެހީ ލޯނަކީ ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ދުވަހުން ދުވަހަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤުޞަދުގައި އެސްޑީއެފްސީން ތަޢާރަފުކޮށްފައިވާ ލޯނެކެވެ. މިލޯނަކީ ދުވަހުން ދުވަހަށް ދިމާވާ ފައިސާގެ ދަތިތަކުން އަރައިގަތުމަށް އޮތް ހައްލެއްކަމަށް އެސްޑީއެފްސީން ވިދާޅުވެއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޫކުރާ މިލޯނަކީ %9.5 ރޭޓްގައި ދޫކުރާ ލޯނެކެވެ. މި ލޯނުގެ ގްރޭސް ޕީރިއެޑްގެ ގޮތުގައި 6 މަސް ލިބޭއިރު ލޯނު އަނބުރާ ދެއްކުމަށް 5 އަހަރު ލިބޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

ވެިޔަފާރި އެހީ ލޯނު އެންމެ ބޮޑުކޮށް ނެގޭނީ 1.5 މިލިއަން ރުފިޔާ އައި ހަމައަށް ކަމަށާއި، އަދި 700،000 އަށްވުރެ ދަށުގެ އަދަދެއް ލޯނުގެ ގޮތުގައި ނަގާނަމަ އެއްވެސް ރަހުނެއް ބަހައްޓަން ނުޖެހޭނެކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *