އަނބިމީހާގެ މަރުގެ މައްސަލާގައި ހައްޔަރުކުރުމުން ބުނީ އެކަން ހިނގީ 'ބީޑީއެސްއެމް' ޖިންސީ ގުޅުމުގެ ތެރެއިން ކަމަށް

އަނބިމީހާ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިއާ މީހަކު އޭނާގެ އަނބިމީހާ މަރުވީ ދެމީހުން އެއްބަސްވެގެން ހިންގި އަޅުވެތި ޖިންސީގުޅުމުގެ (ބީޑީއެސްއެމް) ތެރޭގައި ކަމަށް ބުނެފި އެވެ.

އިންޑިއާގެ ޓެމިލް ނާޑޫގައި އަނބިމީހާ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ 34 އަހަރުގެ ބާސްކަރު ބުނީ އަނބިމީހާ މަރުވީ އަޅުވެތި ޖިންސީގުޅުމުގެ (ބީޑީއެސްއެމް) ގެ ސަބަބުން ކަމަށް ބުނެފަ އެވެ. ޖިމް ޓްރެއިނަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ސަސިކަލާއާ ކައިވެނިކުރީ 2018 ވަނަ އަހަރުއެވެ.

ބާސްކަރް ބުނި ގޮތުގައި އޭޕްރީލް މަހުގެ 30 ވަނަ ދުވަހު ދެމަފިރިން ޖިންސީ ގުޅުން ހިންގަމުން ދަނިކޮށް ސަސިކަލާގެ ނޭފަތުން ލޭ އައުމާގުޅިގެން އޭނާ ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޭނާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ބުނިކަމަށް ބާސްކަރް ބުންޏެވެ. އޭނާ ބުނީ ޖިންސީ ގުޅުން ހިންގަމުން ދިޔައީ ސަސިކަލާގެ އަތްފައި ބަނދެ، ކަރުގައި ފޮތިގަނޑެއް އޮޅާލައި ބާރުކޮށްގެން ކަމަށެވެ.

ނަމަވެސް ސަސިކަލާގެ އާއިލާއިން ވަނީ ބާސްކަރްގެ ވާހަކަތައް ދޮގުކޮށް ފައެވެ. އަދި އޭނާ އަކީ އެމީހުންގެ އަންހެން ދަރިފުޅާ އަރާތުންވެ ޒުވާބުކޮށް ޖިސްމާނީ އަނިޔާކުރާ މީހެއް ކަމަށްވެސް ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *