ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި އަޅާ ފުލެޓްތައް /ފޮޓޯ: އިރުވަރު އޮންލައިން
ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި އަޅާ ފުލެޓްތައް /ފޮޓޯ: އިރުވަރު އޮންލައިން

ހިޔާ ފްލެޓް: ގެޓަގަރީ 7 އަށް ކުރިމަތީ މީހުންގެ ތެރެއިން ފޯނަށް ނުގުޅޭ 509 މީހެއްގެ ނަން އާންމުކޮށްފި

"ހިޔާ މަޝްރޫއު" ގެ ދަށުން ފުލެޓަށް އެދި H7 ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ފޯނުން ނުގުޅޭ 509 މީހެއްގެ ނަންތައް އާންމުކޮށްފި އެވެ.

ފޯމް ހުށައެޅިއިރު ދީފައިވާ ނަމްބަރަށް ނުގުޅިގެން އާންމުކުރި H7 ކެޓަގަރީއަކީ 18 އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ހާއްސަކޮށްފައިވާ ކެޓަގަރީއެވެ.

ކުރީގެ ސަރުކާރުން ފްލެޓް ދިނުމުގައި އިންސާފުވެރި ނޫން ކަމަށް ބުނެ މި ސަރުކާރުން ގެންދަނީ ހިޔާ މަޝްރޫގެ ފްލެޓްތަކަށް ފޯމުލީ މީހުންގެ ފޯމުތައް އަލުން ބަލާ ދިރިއުޅުމުގެ ހާލަތު ބަލަން ގޭގެއަށްވެސް ޒިޔާރަތް ކުރަމުންނެވެ. H7 ކެޓަގަރީއަކީ އެންމެ ގިނަ މީހުން ކުރިމަތިލީ ކެޓަގަރީއެވެ. މި ކެޓަގަރީއަަށް 9 ހާހަށްވުރެ ގިނަ މީހުން ފޯމް ލާފައިވެއެވެ.

ރައީސް އޮފީހުން ނެރުނު ނޫސްބަޔާނުގައި ބުނީ، ނަންތައް އާންމު ކުރި 509 ފަރާތްތަކަކީ، ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދީފައިވާ ނަމްބަރުން، މިހާތަނަށް ނުގުޅޭ ފަރާތްތައް ކަމަށެވެ.

އެހެންކަމުން އެ ލިސްޓުގައި ހިމެނޭ ފަރާތްތަކުން އަންނަ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިން، މި ލިންކް (https://hcc.presidency.gov.mv) ގައިވާ ފޯމު ފުރިހަމަކުރެއްވުމަށް ވަނީ އެދިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *