ސައިންސްވެރިން ނަށް ވައިލްޑް ބާޑްސް ރައްޓެހިން ފަދައިން ޝައްކުކުރެވޭ ގޮތަށް އަމަލުކުރާކަން ފެނިއްޖެ
އެއްބާރުލުން ދިނުމާއި އެކުގައި މަސައްކަތް ކުރުމުގެ ޤާބިލުކަމަކީ އިންސާނުންނަށް ޚާއްޞަ ކަމެއް ނޫނެވެ. ދިރިއުޅުމުގެ ކާމިޔާބީގެ ހުރިހާ ކަމެއްވެސް ބިނާވެފައިވަނީ އެކަކު އަނެކަކަށް އެހީތެރިވުމާއި އަޅާލުމާއި އޯގާތެރިކަމުގެ މައްޗަށެވެ.
އާއިލީގޮތުން ގުޅުމެއް ނޯންނަ މަހުލޫގުންގެެ މެދުގައި އޮންނަ 'ގުޅުވައިދޭ' ބާރަކީ ރަހްމަތްތެރި ކަމެވެ. ދެމެހެއްޓެނިވި އިޖުތިމާއީ ގުޅުން – އެ ކޯޕަރޭޓިވް ބިހޭވިއާގެ މިބައި އިންސާނުން ނޫން ޖަނަވާރުންގެ ކިބައިން ޔަގީންކަމާ އެކު ދެނެގަތުމަކީ ވަރަށް އުނދަގޫ ކަމަކަށް ވެދާނެ އެވެ.
ނަމަވެސް ސައިންސްވެރިން ވަނީ ދޫނިސޫފާސޫފިތަކުގައި ކޯޕްރޭޓިވް ބިހޭވިއާ ނުވަތަ ރަހުމަތްތެރިކަމުގެ ގުޅުން އޮންނަކަން ދެނެގެންފައެވެ.
ކޯނެލް ޔުނިވާސިޓީގެ ބަޔޮލޮޖިސްޓް އެލެކްސިސް އާލް އިސްވެ ހުންނަވައިގެން އެކުލަވާލި ޓީމަކުން އެނަލައިޒްކޮށްފައިވާ ސުޕަބް ސްޓާލިންގްސް (ލެމްޕްރޯޓޯނިސް ސުޕަބަސް) އާ ބެހޭ 20 އަހަރަށް ވުރެ ގިނަ ދުވަހުގެ ދިރާސާތަކުން، ރެސިޕްރޯކަލް ހެލްޕިންގެ (އެކަތި އަނެކެއްޗަށް އެހީތެރިވުން) ގެ ސާފު ހެކިތައް ވަނީ ހޯދާފައެވެ.
ކޯނެލް ޔުނިވާސިޓީގެ އޯނިތޮލޮޖިސްޓް ޑަސްޓިން ރުބެންސްޓައިން ސައިންސްއެލާޓްއަށް ވިދާޅުވި ގޮތުގައި މިއީ ކޯޕަރޭޓިވްލީ ބްރީޑިން ދޫންޏެއްގައި ރެސިޕްރެސިޓީ (އެކަތި އަނެކެއްޗަށް އެހީތެރިވުން) ގެ އަހްލާގީސިފަ ހުރި ކަމުގެ ފުރަތަމަ ހަގީގީ ހެއްކެކެވެ.
ޢާއިލީ ގުޅުން އޮންނަ ޖަނަވާރު އެކަތި އަނެކްއްޗަށް އެހީތެރިކަން ފޯރުކޮށްދޭތަން ފެނުމަކީ ޢާންމު ކަމެއް ނަމަވެސް ބައެއް ޖަނަވާރުން އެފަދަ ގުޅުން އާއިލީ ގުޅުމަށްވުރެ ފުޅާދާއިރާއެއްގައި ދަމަހައްޓައެވެ.
އެ ދިރާސާއިން ވަނީ ގެރީގެ ތެރޭގައި އާއިލީ ގުޅުން ނެތް ފަރާތްތަކާއެކު ގުޅުން ދަމަހައްޓާ ކަމަށާއި، ފިރިހެން ޑޮލްފިންއަކީ އެއަށް ލިބިފައިވާ ހުނަރު ރަހްމަތްތެރިންނަށް ހިއްސާކޮށް އިޖުތިމާއީ ގުޅުން އުފައްދާ މަހްލޫގެއް ކަމަށާއި، ވާލަކީވެސް ރެސިޕްރޯކަލް ފުޑް ޝެއަރިންގެ ތެރެއިން އިޖްތިމާޢީ ގުޅުންތައް އުފައްދާ މަހްލޫގެއްކަން ދެނެގަނެފައެވެ.
މި ދިރާސާ ނެޗާގައި ވަނީ ޝާއިއުކޮށްފަ އެވެ.




