ސޯޝަލް މީޑިއާގައި ދައުރުވި، ފޯނު ބޭނުންކުރަމުން ސައިކަލުދުއްވާ ވީޑިއޯއަށް ބަލައި ލައިސަންސާއި ސައިކަލު ހިފަހައްޓައި ޖޫރިމަނާކޮށްފި

ސޯޝަލް މީޑިއާގައި ދައުރުވި، ސައިކަލު ދުވަމަނުން ފޯނު ބޭނުންކުރާ ވީޑިއޯއަކަށް ބަލައި އެ މީހާގެ ލައިސަންސާއި ސައިކަލު ހިފަހައްޓައި ޖޫރިމަނާކޮށްފި އެވެ.

ފުލުހުން އެކްސް ގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ މީހާގެ ލައިސަސް އާއި ސައިކަލު ހިފަހައްޓައ އެމީހާ ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ މައްސަލަ ބެލުމަށްފަހު، ސައިކަލު 30 ދުވަހުގެ މުއްދަތަށް ޓޯކޮށް އެމީހާ 2000 ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު، އެމީހާގެ ލައިސަންސް ހިފަހައްޓާފައިވާކަމަށް ބުނެފައިވެއެވެ.

ފޭސްބުކްގައި ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަނީ މީހަކު ސައިކަލު ދުއްވަމުން، އެއް އަތުން ފޯނު ހިފަހައްޓައިގެން، ފޯނަށް ބަލަމުން ދުއްވާ މަންޒަރެވެ. އެ ސައިކަލުގެ ފަހަތުގައި އަންހެނަކު ވެސް އިނދެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. މިއީ މަދަކުން ވާކަމެއް ނޫން، ގިނަ ބަޔަކު ފޯނަށް ދެވިހިފައިގެން ސައިކަލު ދުއްވަމުންވެސް ފޯނު ސްކްރޯލް ކުރަން ޖެހޭ. މިކަން ހުއްޓުވަން ކުރަންވާ ވަރަށް މަސައްކަތް ކުރެވޭ ހެނެއް ހިޔެއްނުވޭ. އެހެން މީހަކު ވީޑިއޯ ނަގާފަ ސޯޝަލް މީޑިއާއަށް ލީމަ ފިޔަވަޅު އެޅެނީމި.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *