މެއި 15 ގެ ނިއަލަށް ސަރކާރު މުވައްޒަފުންގެ މުސާރައަށް 4.8 ބިލިއަން ޚަރަދުކޮށްފި

މިއަހަރުގެ މެއި 15 ގެ ނިއަލަށް ސަރުކާރު މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް 4.8 ބިލިއަން ރުފިޔާ ދައުލަތައް ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ވާގޮތުން މި އަހަރުގެ މެއި 15 ގެ ނިއަލަށް ސަރުކާރު މުވައްޒަފުންގެ މުސާރައާއި އިނާޔަތުގެ ގޮތުގައި 4,470.0 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު 2024 ވަނަ އަހަރުގެ މި މުއްދަތުގައި ސަރުކާރު މުވައްޒަފުންގެ މުސާރައާއި އިނާޔަތުގެ ގޮތުގައި ޚަރަދު ކޮށްފައިވަނީ 4,470.0 ބިލިއަން ރުފިޔާއެވެ.

އެހެންކަމުން 2024 ވަނަ އަހަރާ އަޅާ ބަލާއިރު މިއަހަރުގެ ފުރަތަމަ 4 މަހުގެ ތެރޭގައި ސަރުކާރު މުވައްޒަފުންގެ މުސާރައާއި އިނާޔަތުގެ ގޮތުގައި 349 މިލިއަން ރުފިޔާ އިތުރަށް ޚަރަދުކޮށްފައިވެއެވެ.

ނަމަވެސް މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މި މުއްދަދުގައި ހިންގުމުގެ ޚަރަދު ވަނީ 780 މިލިއަން ޚަރަދު ކުޑަކޮށްފައެވެ. އެގޮތުން 2024 ވަނަ އަހަރު ޙިންގުމުގެ ޚަރަދުގެ ގޮތުގައި މި މުއްދަތުގެ ތެރޭގައި 7780 ބިލިއަން ޚަރަދުކޮށްފައިވާއިރު މިއަހަރުގެ މި މުއްދަތުގައި ޙިންގުމުގެ ޚަރަދުގެ ގޮތުގައި ހޭދަކޮށްފައިވަނީ 7 ބިލިއަން ރުފިޔާއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *