މިދިޔަ އަހަރަށްވުރެ ދައުލަތް ހިންގުމުގެ ޚަރަދު 780 މިލިއަން ރުފިޔާ ކުޑަވެއްޖެ: ފިނޭސް މިނިސްޓްރީ

މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ މެއި 15 ގެ ނިއަލަށް ދައުލަތް ހިންގުމުގެ ޚަރަދުން 780 މިލިއަން ކުޑަވެއްޖެ ކަމަށް ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ވާގޮތުން މި އަހަރުގެ މެއި 15 ގެ ނިއަލަށް ދައުލަތުގެ ޙިންގުމުގެ ޚަރަދަށް ކޮށްފައިވަނީ 7 ބިލިއަން ރުފިޔާއެވެ. ވަނަވެސް 2024 ވަނަ އަހަރުގެ މި މުއްދަތުގައި ދައުލަތް ހިންގުމަށް 7780 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

އެހެންކަމުން މިދިޔަ އަހަރާއި އަޅާބަލާއިރު ދައުލަތް ހިންގުމުގެ ޚަރަދު މިވަނީ 780 މިލިއަން ރުފިޔާ ކުޑަކޮށްފައެވެ.

ހިންގުމުގެ ޚަރަދުގެ ތަފްސީލަށް ބަލާއިރު ދަތުރުފަތުކުރުމަށް 2025 ވަނަ އަހަރުގެ މި މުއްދަތުގައި 86 މިލިއަން ޚަރަދުކޮށްފައިވާއިރު މިއަހަރުގެ މި މުއްދަތުގައި ޚަރަދުކޮށްފައިވަނީ 75 މިލިއަން ރުފިޔާއެވެ.

އެޑްމިނިސްޓްރޭޓިވް ސަޕްލައި އަށް 2025 ވަނަ އަހަރުގެ މި މުއްދަތުގައި 656 މިލިއަން ޚަރަދުކޮށްފައިވާއިރު މިއަހަރުގެ މި މުއްދަތުގައި ޚަރަދުކޮށްފައިވަނީ 185 މިލިއަން ރުފިޔާއެވެ.

އެޑްމިނިސްޓްރޭޓިވް ސާވިސް އަށް 2025 ވަނަ އަހަރުގެ މި މުއްދަތުގައި 843 މިލިއަން ޚަރަދުކޮށްފައިވާއިރު މިއަހަރުގެ މި މުއްދަތުގައި ޚަރަދުކޮށްފައިވަނީ 780 މިލިއަން ރުފިޔާއެވެ.

އޮޕަރޭޝަނަލް ކޮންސިއުމަބަލް އަށް 2025 ވަނަ އަހަރުގެ މި މުއްދަތުގައި 331 މިލިއަން ޚަރަދުކޮށްފައިވާއިރު މިއަހަރުގެ މި މުއްދަތުގައި ޚަރަދުކޮށްފައިވަނީ 387 މިލިއަން ރުފިޔާއެވެ.

ޓްރެއިނިންގ އެކްސްޕެންސަސް އަށް 2025 ވަނަ އަހަރުގެ މި މުއްދަތުގައި 140 މިލިއަން ޚަރަދުކޮށްފައިވާއިރު މިއަހަރުގެ މި މުއްދަތުގައި ޚަރަދުކޮށްފައިވަނީ 128 މިލިއަން ރުފިޔާއެވެ.

ރިޕެއަރ އެންޑް މެއިންޓެނަންސް އަށް 2025 ވަނަ އަހަރުގެ މި މުއްދަތުގައި 106 މިލިއަން ޚަރަދުކޮށްފައިވާއިރު މިއަހަރުގެ މި މުއްދަތުގައި ޚަރަދުކޮށްފައިވަނީ 77 މިލިއަން ރުފިޔާއެވެ.

ފައިނޭންސިންގ އެންޑް އިންޓަރެސްޓް އަށް 2025 ވަނަ އަހަރުގެ މި މުއްދަތުގައި 1855 މިލިއަން ޚަރަދުކޮށްފައިވާއިރު މިއަހަރުގެ މި މުއްދަތުގައި ޚަރަދުކޮށްފައިވަނީ 1791 މިލިއަން ރުފިޔާއެވެ.

ގްރާންޓްސް އަށް 2025 ވަނަ އަހަރުގެ މި މުއްދަތުގައި 3769 މިލިއަން ޚަރަދުކޮށްފައިވާއިރު މިއަހަރުގެ މި މުއްދަތުގައި ޚަރަދުކޮށްފައިވަނީ 3575 މިލިއަން ރުފިޔާއެވެ.

އާސަންދަ އަށް 2025 ވަނަ އަހަރުގެ މި މުއްދަތުގައި 669 މިލިއަން ޚަރަދުކޮށްފައިވާއިރު މިއަހަރުގެ މި މުއްދަތުގައި ޚަރަދުކޮށްފައިވަނީ 829 މިލިއަން ރުފިޔާއެވެ.

ސަބްސިޑީއަށް އަށް 2025 ވަނަ އަހަރުގެ މި މުއްދަތުގައި 1672 މިލިއަން ޚަރަދުކޮށްފައިވާއިރު މިއަހަރުގެ މި މުއްދަތުގައި ޚަރަދުކޮށްފައިވަނީ 1276 މިލިއަން ރުފިޔާއެވެ.

ކައުންސިލް ގްރާންޓްސް އަށް 2025 ވަނަ އަހަރުގެ މި މުއްދަތުގައި 754 މިލިއަން ޚަރަދުކޮށްފައިވާއިރު މިއަހަރުގެ މި މުއްދަތުގައި ޚަރަދުކޮށްފައިވަނީ 718 މިލިއަން ރުފިޔާއެވެ.

އެހެނިހެން ކަންކަމަށް 2025 ވަނަ އަހަރުގެ މި މުއްދަތުގައި 663 މިލިއަން ޚަރަދުކޮށްފައިވާއިރު މިއަހަރުގެ މި މުއްދަތުގައި ޚަރަދުކޮށްފައިވަނީ 751 މިލިއަން ރުފިޔާއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *