މުޞީބާތެއް ކުރިމަތިވުމުން ކެތްެތެރިވާށެވެ. ﷲ ގެ ޙަޟްރަތުން ޘަވާބަށް އެދޭށެވެ. ކެތްތެރިވުމުން ތިބާގެ ދަރަޖަ އުފުލި ފާފަ ފުހެވޭނެއެވެ.
މުޞީބާތުން މިންޖުކުރެއްވުން އެދި ދުޢާކުރުން ގިނަކުރާށެވެ. ގިނަގިނައިން އިސްތިޣްފާރުކޮށް ޛިކްރުކުރާށެވެ. މުޞީބާތުން ސަލާމަތްވުމަށްޓަކައި ސަބަބުތަކުގައި ހިފާށެވެ. އެހީތެރިކަން ހޯދާށެވެ. ﷲ އާމެދު ހެޔޮކޮށް ވިސްނާށެވެ. މާތް ﷲ ތިބާ ސަލާމަތްކުރައްވާނެކަމަށް ޔަޤީންކުރާށެވެ. އިސާހިތަކު ތިބާ ސަލާމަތްވާނެއެވެ. އިން ޝާ ﷲ
އައްޝައިޚް މުޙައްމަދު ޝާފިޢު