ކޮންމެ ދުވަހަކުވެސް އަހަރެމެން އެތައް ބަޔަކާ ބައްދަލުވާ ހިނދު، އެވަގުތުކޮޅުވެސް އެއީ ހެޔޮކަމުގެ ތިލަފަތަށް ބަރުވާ ވަގުތުކޮޅަކަށް ހަދާލެވިދާނެއެވެ.
ތިބާގެ އަޚާގެ ކުރިމަތީގައި ހިނިތުންވެލާށެވެ. އެއީ ޞަދަޤާތެކެވެ. ސަލާންގޮވާލާށެވެ. ސަލާންކޮށްލާށެވެ. ކުދި ފާފަތައް ފުހެވޭނެއެވެ. ޘަވާބު ލިބޭނެއެވެ. 20 މީހުންނާ ބައްދަލުވިއިރު، ސަލާންގޮވިނަމަ 20 ފަހަރު ސަލާންގޮވުމުގެ ޘަވާބު ލިބޭނެ ނޫން ހެއްޔެވެ؟
އައްޝައިޚް މުޙައްމަދު ޝާފިޢު