ދުނިޔޭގެ ޙަޔާތަކީ އުޚްރަވީ ޙަޔާތަށް ކުރާ ދަތުރެކެވެ.
އެކި މީހުންނަށް ދަތުރު ނިމެނީ އެކި އުމުރުގައެވެ. ޙަޤީޤަތުގައި ދުނިޔޭގެ ދަތުރަކީ ވަރަށް ކުރު ދަތުރެކެވެ. އެކަމަކު މި ކުރު ދަތުރުން ވަރަށް ބޮޑު އެއްޗެއް ހޯދިދާނެއެވެ.
ދުނިޔޭގެ ކުރު ދަތުރުން ހޯދޭނެ އެންމެ ބޮޑު ކާމިޔާބީއަކީ އުޚްރަވީ ޙަޔާތް ބާއްޖަވެރިކުރުމެވެ.
އައްޝައިޚް މުޙައްމަދު ޝާފިޢު