ދުވަހުގެ ނަސޭހަތް: ކިތަންމެ އަވަހަކަށްވެސް ފުރަންޖެހިދާނެކަމަށް އަބަދުވެސް ތައްޔާރަށް ހުންނާށެވެ

ދަތުރުވެރީން ޢާއްމުކޮށް ކަންތައްކުރާ ގޮތަކީ، ދަތުރުވެރިޔާ އެ ދަތުރުވަރެއްގައި ދާ މަޤްޞަދެއް ޙާޞިލްކުރުމަށްޓަކައި ދަތުރުގެ ދުވަސްތައް ހޭދަކުރުމެވެ. އެކަމަކު ފުރަން ކައިރިވުމުން، އޭނާއަށް މުހިންމުވަނީ އޭނާ އެނބުރި އައި ފަސްގަނޑަށް ދިޔުމަށްޓަކައި ތައްޔާރުވުމެވެ. އޭނާގެ ލޯބިވާ މީހުންނަށް ގެންދާނޭ ހަދިޔާ ބަދިޔާހޯދުމެވެ.

އަހަރެމެން ދުނިޔޭގެ ޙަޔާތަށް ލާ ފުރަތަމަ ނޭވާއާއެކު، ޙަޤީޤަތުގައި އަހަރެމެންނަށް މިވަނީ އާޚިރަތުގެ ދަތުރު ފެށިފައެވެ. ޚާއްޞަކޮށް ޢުމުރުން ދުވަސްވެއްޖެނަމަ ދަތުރުގެ ކޮއްތު ތައްޔާރުކުރުމުގެ ވަގުތު ޖެހުނީއެވެ. ވަކިވުމުގެ ވަގުތު ޖެހުނީއެވެ. ޙައްޤު ވަޢުދުގެ ވަގުތު ޖެހުނީއެވެ. ދުނިޔަވީ ޙަޔާތް

ނިމުނީއެވެ.އަގެއްނެތް ކަންކަމުގައި ޙަޔާތުގެ އަގުހުރި ވަގުތުތައް ބޭކާރު ކުރުމަކަށް ޢުޛުރެއްނެތެވެ. ޙަޔާތުގެ ކުރީކޮޅުގައި އެފަދައިން ކަންކުރެވުނު ކަމުގައިވިޔަސްމެއެވެ. އަސްވެސް ރޭސްޖަހާއިރު، އެންމެފަހު ވަގުތުކޮޅު އޭގައި ހުރި ހުރިހާ ބާރެއްލައެވެ.

އައްޝެއިޙް މުޙައްމަދު ޝާފިޢު

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *