ކައުންސިލްތަކުގެ މެމްބަރުންގެ އަދަދު މަދުކޮށް، ކައުންސިލްތަކުގެ ބަޖެޓު ކުޑަކުރުމާ ގުޅޭ ގަރާރެއް ޕީއެންސީގެ ފަރާތުން އެ ޕާޓީގެ ފީޖީ ގްރޫޕުގެ ޑެޕިއުޓީ ލީޓަރ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މެމްބަރު ޝުޖާއު ހުށަހެޅުއްވި ޤަރާރުގައި ވަނީ ކައުންސިލަރުންގެ އަދަދު ގިނަވުމުގެ އިތުރުން، ކައުންސިލަތަކަށް ކުރާ ބޮޑު ހޭދައިން ނަތީޖާއިން ނުނިކުންނަ ކަމަށާއި، ކޮންމެ ރަށަކަށް މަދުވެގެން ފަސް ކައުންސިލަރުން އިންތިހާބުކޮށް މުސާރައަށް ބޮޑު ހޭދައެއް ކުރާއިރު އެކަމަކީ ލާމަރުކަޒީ ނިޒާމުގައި ހުރި ދެކޮޅު ނުޖެހޭ ކަމެއްކަމުގައި ވަނީ ބުނެފައެވެ.
އެހެންކަމުން އެތައް ބިލިއަން ރުފިޔާއެއް ހޭދަވާ ލާމަރުކަޒީ ނިޒާމަކީ ގައުމުގެ ހާލަތާ ނުބައްދަލު ނިޒާމެއް ކަމަށާއި، މި ނިޒާމުގެ ސަބަބުން ހިންގުމަށް ކުރިއެރުމަކާއި ރައްޔިތަކަށްވީ ފަސޭހައަކާއި ރަށްތަކާއި އަތޮޅުތަކުގެ ތަރައްގީއަށް ގެނެވުނު، ކުރިއެރުމެއް ފެންނަން ނެތް ކަމަށްވެސް ބުނެފައިވެއެވެ.
އަންނަ އަހަރުގެ އޭޕްރީލް މަހު ބޭއްވުމަށް ތައްޔާރުވަމުންއަންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން އަތޮޅު ކައުންސިލް އުވާލައި ރަށްރަށުގެ ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ވަނީ އަޑުތަށް ފެތުރެން ފަށާފައެވެ. އެގޮތުން މިއަދުގެ ޤަރާރާ ގުޅިގެން މީސް މީޑިއާގައި ގިނަ ބަޔަކު ދަނީ އެކަމާ އެއްކޮޅަށާއި ދެކޮިޅަށްވެސް ހިޔާލު ފާޅުކުރަމުންނެވެ.