މޯލްޑިވިއަންގެ ސީޒަނަލް ދަތުުރުތައް ޗައިނާގެ ޝެންޒެންއަށް ފަށައިފިއެވެ.
ޗައިނާގެ ޝެންޒެންއަށް މޯލްޑިވިއަންގެ ފްލައިޓް ޖައްސާފައިވާއިރު އެ ސިޓީން ރާއްޖެއަށް ދަތުރުކުރާނީ ބުދަ ދުވަހުއެވެ.
އަންނަ މަހުގެ 21 ގެ ނިޔަލަށް ކުރާ ސީޒަނަލް ދަތުރުތަކުގައި ކޮންމެ ހަފްތާއަކު އެއް ދަތުރު ކުރާނެއެވެ.
މޯލްޑިވިއަނުން ދަނީ އެ ކުންފުނީގެ ބައިނަލްއަޤްވާމީ ދަތުރުތައް ފުޅާކުރުމަށް މަސައްކަތް ކުރަމުންނެވެ. މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި މޯލްޑިވިއަނުން ވަނީ ޗައިނާގެ 3 މަންޒިލަކަށް ދަތުރުތައް ފަށާފައެވެ. އެއީ ޗެންޑޫ، ބެއިޖިން އަދި ޝެންހާއީއަށެވެ.
ޝެންޖެންއަށް މޯލްޑިވިއަނުން ފަށަނީ ސީޒަނަލް ދަތުރުތަކެކެވެ. އެގޮތުން 21 އޮގަސްޓާ ހަމައަށް ހަފްތާއަކު އެއް ދަތުރު ކުރާނެކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.
މޯލްޑިވިއަންގެ ދަތުރުތައް ޗައިނާގެ މަންޒިލްތަކަށް ފަށާފައިމިވަނީ ޖަނަވަރީ މަހު އެ ކުންފުނީގެ ފްލީޓަށް ގެނައި ވައިޑް-ބޮޑީ މަތިންދާ ބޯޓާ އެކުގައެވެ. މިއަހަރުގެ ތެރޭގައި އިތުރު ވައިޑް-ބޮޑީ މަތިންދާ ބޯޓެއް ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.