ސްޕެނިސް ފްޓްބޯލް ކުލަބް ބާސެލޯނާގެ 10 ނަމްބަރ ޖާޒީ އެ ކުލަބުގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލްއަށް ދީފިއެވެ.
މި މަހުގެ 13 ވަނަ ދުވަހު 18 އަހަރު ފުރުނު ޔަމާލް އަށް ބާސިލޯނާގެ 10 ނަމްބަރު ޖާޒީ ދީފައިވަނީ އެކުލަބާއެކު އައު ކޮންޓެއްގައި ޔަމާލް ސޮއިކުރުމާއި އަދި އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.
18 އަހަރު ވުމުގެ ކުރިން ބާސިލޯނާ އަށް 106 މެޗް ކުޅެދީފައިވާ ޒުވާން ކުޅުންތެރިޔާ ޔަމާލް 2031 ވަނަ އަހަރުގެ ނިޔަލަށް ޔަމާލް އާއި ބާސެލޯނާ ގައި މަޑުކުރުމަށް ވެވެނު އެއްބަސްވުމުގެ އަހަރަކު 15 މިލިއަން ޔޫރޯ އޭނާއަށް ލިބޭނެއެވެ.
ޔަމާލް ވަނީ އޭނާއަށް 18 އަހަރު ފުރުމުގެ ކުރިން ސްޕެނިޝް ލަލީގާގެ ޗެމްޕިއަންކަމާއި ކޮޕާ ޑެލްރޭގެ އިތުރުން ޔޫއެފާ ސްޕެއިން އާއިއެކު ޔޫރަޕްގެ ޗެމްޕިއަންކަން ހޯދާފަ އެވެ.
ބާސެލޯނާގެ 10 ނަމްބަރު ޖާޒީ ގައި މީގެ ކުރިން އެ ކްލަބަށް ކުޅުނު އެންމެ މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ލިއޮނެލް މެސީ, ޑިއެގޯ މެރެޑޯނާ, ރޮނާލްޑިނިއޯ, ރިވާލްޑޯ, ރޮމާރިއޯ, ރިކެލްމޭ އާއި ޕެޕް ގަޑިއޯލާ ފަދަ ކުޅުންތެރިން ހިމެނެ އެވެ.